ތިލަމާލެ ބުރިޖުގެ ކޮލިޓީ ކަށަވަރުކުރާ ކުންފުނީގެ އެއްބަސްވުން ބާތިލެއް ނުކުރޭ: ވަޒީރު ޑރ. މުއްޠަލިބް

"ތިލަމާލެ" ބްރިޖުގެ ކޮލިޓީއަށް ޔަގީންކަން ދެމުންދިޔަ ފަރާތާއެކު ހަދާފައިވާ އެއްބަސްވުން ބާޠިލްކޮށްފައިނުވާކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް މިއަދު ވިދާޅުވެއްޖެއެވެ.

ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ތިލަމާލެ ބުރިޖުގެ ކޮލިޓީ ކަށަވަރުކުރަމުންދާ ކުންފުންޏާއެކު ވެފައިވާ އެއްބަސްވުން މި ސަރުކާރުން ބާޠިލްކޮށްފައިވާ ކަމަށާއި، އަދި މި މަސައްކަތުގައި އުޅޭ މުވައްޒަފުންނަށް ވަޒީފާއިން ވަކިކުރިކަމުގެ ނޯޓިސް ފޮނުވާފައިވާ ކަމަށް ބުނެފައިވެއެވެ. ނަމަވެސް މި ވާހަކަތައް ދޮގުކުރައްވަމުން ވަޒީރު ވަނީ ސޯޝަލް މީޑިއާގައި ޕޯސްޓެއް ކުރައްވާފައެވެ.

ތިލަމާލެ ބްރިޖުގެ ކޮލިޓީއަށް ޔަޤީންކަން ދިނުމުގެ މަސައްކަތް ކުރަމުން އަންނަނީ ހޮންކޮންގްގެ އަރޫޕް ކުންފުނިންނެވެ. މި ކުންފުންޏަކީ މިނިވަން ކޮންސަލްޓަންޓެއްގެ ގޮތުގައި މި މަޝްރޫޢުގައި މަސައްކަތްކުރާ ފަރާތެވެ.

މާލެ ސަރަޙައްދުގައި މިވަގުތު ކުރިއަށްދާ ޢުމްރާނީ ތަރައްޤީގެ އެންމެ ބިޔަ އެއް މަޝްރޫޢު ކަމުގައިވާ ތިލަމާލެ ބްރިޖުގެ މަސައްކަތް ވަރަށް ބާރު ސްޕީޑެއްގައި ކުރިއަށްދާކަން ފާހަގަކުރެވެއެވެ. އެންމެ ފަހުގެ ތަފްސީލުތަކަށް ބަލާއިރު، ބްރިޖްގެ ޕައިލިންގ މަސައްކަތް ނިންމާ، މުޅި މަޝްރޫޢުގެ 60.84 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ.

ޖުމްލަ 6.7 ކިލޯމީޓަރުގެ މި ބްރިޖުން ހަތަރު ސަރަޙައްދެއް ގުޅުވާލެވޭނެއެވެ. މީގެ އިތުރުން ކޮންމެ ރަށަކަށް އަރާ ފޭބުމަށް އިންޓަރޗޭންޖް ޕޮއިންޓްތަކާއި، ޕާކިންގ ސަރަހައްދުތައްވެސް ހިމެނޭނެއެވެ. މި މަޝްރޫޢުގެ މަސައްކަތް ނިންމާ ސަރުކާރާ ހަވާލުކުރުމަށް ކަނޑައަޅާފައިވަނީ 2026 ވަނަ އަހަރުގެ ސެޕްޓެމްބަރުގެ ނިޔަލަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ