ޚިދުމަތުގައި ކުރިއަރައި ދިއުމުގެ ފުރުސަތު އަންހެން ފުލުހުންނަށްވަނީ ފަހިވެފައި: ސީޕީ

ފުލުހުންގެ ޚިދުމަތުގައި އަންހެން ފުލުހުންނަށް ހަމަހަމަ ފުރުޞަތު ޤާއިމުކޮށްދީ، ޚިދުމަތުގައި ކުރިއަރާ ދިއުމުގެ ފުރުޞަތުތައް ފުރިހަމައަށް ފަހިކޮށްދެއްވުމުގައި ދެމިތިބޭނެކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީން ވިދާޅުވެއްޖެއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މިފަދައިން ވިދާޅުވެފައިވަނީ "މޯލްޑިވްސް ވުމަން އިން ޕޮލިސިން ޑޭ" ގެ މުނާސަބަތުގައި ނެރުއްވި މެސެޖެއްގައެވެ. މި މެސެޖްގައި ސީޕީ ވަނީ ފުލުހުންގެ ޚިދުމަތުގައި އަންހެން ފުލުހުންގެ ދައުރަކީ ވަރަށް މުހިންމު ދައުރެއްކަން ފާހަގަކުރައްވާފައެވެ.

"އަންހެން ފުލުހުންގެ ހިތްވަރާއި މަސައްކަތްތަކަށް ބަހައްޓާ ޝަޢުގުވެރިކަމާއި ފަރުވާތެރިކަމަކީ، ފުލުހުންގެ މުޅި ޚިދުމަތަށް ލިބޭ ބަދަހިކަމެއް" ކަމަށް ސީޕީ ވިދާޅުވިއެވެ. އަދި ޚާއްސަކޮށް އާންމު އިޖްތިމާޢީ ދާއިރާގައި އަންހެން ފުލުހުން އަދާކުރާ މުހިންމު ދައުރު ފާހަގަކުރެއްވިއެވެ.

ފުލުހުންގެ ޚިދުމަތުގެ ކޮންމެ ދާއިރާއެއްގައިވެސް މަސައްކަތްކުރުމުގެ ހަމަހަމަ ފުރުޞަތު އަންހެން ފުލުހުންނަށް ލިބިގެންދާނެކަމުގެ ޔަގީންކަން ސީޕީ ދެއްވިއެވެ. މީގެ އިތުރުން، އަންހެން ފުލުހުންގެ ކުރިއެރުމާއި، ލީޑަޝިޕްގެ މަޤާމުތަކަށް ވާސިލްވެވޭނެ މަގު ތަނަވަސްކޮށްދީ، އެ ފުރުޞަތުތައް ހަމަހަމަކަމާއެކު ފަހިވެފައިވާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ކޮމިޝަނަރ އޮފް ޕޮލިސްގެ މެސެޖްގައި ވިދާޅުވެފައިވާ ގޮތުގައި، ފުލުހުންގެ ޚިދުމަތުގެ ކާމިޔާބީ ބިނާވެފައިވަނީ ރައްޔިތުންނަށް ރައްކާތެރިކަން ހޯދައިދީ، އިތުބާރު ދަމަހައްޓައި، އިންސާފަށް ވާސިލުވުމުގެ މުހިންމު ޒިންމާގެ މައްޗަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ