ބްރޯޑް ކާސްޓިން ކޮމިޝަން، ބްރޮޑްކޮމްގެ މެންބަރު، އިސްމާއިލް ސޮފްވާން މަގާމުން ވަކިކުރަން މަޖިލީހުގެ ތަޅުމަށް ހުށަހެޅުމަށް ކޮމިޓީއިން މިއަދު ފާސްކޮށްފި އެވެ.
ސޮފްވާން މަގާމުން ވަކި ކުރަން ގަލޮޅު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް މިއަދު ބޭއްވި އެ ކޮމިޓީގެ ބައްދަލުމަށް ހުށަހެޅި ހުށަހެޅުމަށް ބިލެއްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް ތައީދުކުރެއްވިއިރު، އެ ހުށަހެޅުން ފާސްވީ ކޮމިޓީ އަށް ހާޒިރުވެ ވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ.
ސޮފްވާން މަގާމުން ވަކިކުރަން ކޮމިޓީ އަށް ހުށަހެޅުއްވީ އެއްވެސް ސަބަބެއް އެންގުމެއް ނެތި އޭނާ ކޮމިޝަނުގެ މަސައްކަތަށް ނިކުންނަވާފައި ނުވާތީއެވެ.
ބްރޯޑްކޮމްގެ މެންބަރުން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަށް މިދިޔަ ހަފްތާގައި ހާޒިރުކުރުމުން އެ ކޮމިޝަނުގެ ރައީސް މުހައްމަދު ޝަހީބު ވަނީ ސޮފްވާން އޮފީހަށް ވަޑައިނުގަންނަވާތާ އަށް މަސް ދުވަސް ވެފައިވާ ކަމަށް ވިދާޅުވެފައެވެ.
ސޮފްވާން މަގާމުން ވަކިކުރަން ކޮމިޓީން ފާސްކުރި ނަމަވެސް، މި މައްސަލައާ މެދު އެންމެފަހުގެ ނިންމުން ނިންމާނީ މަޖިލީހުގެ ތަޅުމުންނެވެ.




