މާލެ، ނޯތުހާބަރުގައި ހުންނަ ޕޭޓޮއިލެޓް ތެރެއިން ހޮވައިގެން ގެނެސްފައިވާ ފައިސާތަކެއްގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
މިފައިސާތައް ފެނިފައިވަނީ 2019 ޖުލައި 04 ވަނަ ދުވަހުގެ ވަގުތެއްގައެވެ.
މިފައިސާތަކުގެ ވެރިފަރާތުން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރު 9631696 އަށް ގުޅުއްވައި، ކާކުކަން އެނގޭނެ ލިޔުމަކާއެކު ޝަހީދު ޙުސައިން އާދަމް ބިލްޑިންގއަށް ހާޒިރުވެ ފައިސާއާ ހަވާލުވެލެއްވުމަށް ވަނީ އެދިފައެވެ.
މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ޝުކުރު، ފުލުހުންގެ ފަރާތުން ޝުކުރު ދައްނަވާފައިވެއެވެ.



