ޑްރާމާ ކުޅޭކަމަށް ވިދާޅުވެ، ކުންފުނިތަކާ ބެހޭ ކޮމިޓީން ޖާބިރު އިސްތިއުފާ ދެއްވައިފި

ރައްޔިތުންގެ މަޖިލީހުގެ ކުންފުނިތަކާ ބެހޭ ކޮމިޓީން ކާށިދޫ ދާއިރާ މެމްބަރު ޢަބްދުﷲ ޖާބިރު އިސްތިއުފާ ދެއްވައިފިއެވެ.

ސަރުކާރު ކުންފުނިތަކާ ބެހޭ ކޮމެޓީން ޖާބިރު އިސްތިއުފާ ދެއްވީ މިއަދު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި، ކޮމިޓީގެ މުޤައްރިރު ހުޅުދޫ ދާއިރާ މެމްބަރު، އިލްޔާސް ލަބީބުއާ ހޫނު ބަހުގެ ހަމަލާތަކެއް ރައްދުކުރެއްވުމަށްފަހުއެވެ.

ބަހުގެ ހޫނު ހަމަލާތަކަށްފަހު ޖާބިރު ވަނީ، ކޮމިޓީން އިސްތިއުފާ ދެއްވި ކަމަށް ވިދާޅުވެ ކޮމިޓީ ދޫކުރައްވައި ވަޑައިގެންފައެވެ.

ކޮމިޓީން އިސްތިއުފާ ދެއްވުމަށްފަހު ޖާބިރު ވިދާޅުވެފައިވަނީ، އެ ކޮމިޓީން އިސްތިއުފާދެއްވީ ރަނގަޅު މަސައްކަތްތަކެއް އެ ކޮމިޓީން ނުކުރާއިރު، މުހިންމު ކޮމިޓީއަކަށް ނުވާތީ ކަމަށެވެ.

ސަރުކާރުގެ ކުންފުނިތައް ހާޒިރުކޮށް ކޮމިޓީގައި ކުރާ މަސައްކަތްތަކަށް ތާއީދު ނުކުރައްވާ ކަމަށާއި، "ކުޅުއްވަނީ ޑްރާމާ" ކަމަށް ޖާބިރު ވިދާޅުވިއެވެ.

ކޮމިޓީއިން އިސްތިއުފާ ދެއްވިއިރު، ޖާބިރު ވަނީ މިއަދު މަޖިލީހުގެ ޖަލްސާގައި ހިތްހަމަ ނުޖެހި އަޑުގަދަ ކުރެއްވުމުގެ ސަބަބުން ރިޔާސަތުން ނަން އިއްވާ ތަޅުމުން ބޭރުކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ