ހޮވައިގެން ގެނެސްފައިވާ ކަޅު ކުލައިގެ ދަބަހެއްގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން ކުރަން ފަށައިފިއެވެ.
މި ދަބަސް ހޮވާފައިވަނީ 2019 ޖޫން 30 ވަނަ ދުވަހުގެ ވަގުތެއްގަ އާންމު ފަރާތަކަށް، މާލެ ބޮޑުތަކުރުފާނުމަގު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ހުންނަ ސަރަހައްދުން ނެވެ.
ވީމާ، ދަބަހުގެ ވެރިފަރާތުން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ޑިއުޓީ ނަމްބަރު 9631696 އަށް ގުޅުއްވައި، ކާކުކަން އެނގޭނެ ފޮޓޯޖެހި ލިޔުމަކާއެކު ޝަހީދު ޙުސައިން އާދަމް ބިލްޑިންއަށް ހާޟިރުވެ، ދަބަހާ ހަވާލުވެލެއްވުން މަށް އެފަރާތުންވަނީ އެދިލައްވާފައެވެ.
މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ފުލުހުންވަނީ ޝުކުރު ދަންނަވާފައެވެ.



