އައިޖީއެމްއެޗަށް ފަހު އެންމެ އިސްކަމެއް ދޭންޖެހޭނީ ކުޅުދުއްފުށީ ހޮސްޕިޓަލަށް - އާތިފް

މާލޭގެ އައިޖީއެމްއެޗް ނެގުމަށް ފަހު ސަރުކާރުން އެންމެ އިސްކަމެއް ދޭންޖެހޭނީ ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ކަމަށް، ތަފާސްހިސާބުތަކުން ދައްކާކަމުގައި، ހދ. އަތޮޅު ކައުންސިލްގެ މެންބަރު އަޙްމަދު އާޠިފް ވިދާޅުވެއްޖެއެވެ.

އާޠިފް މިހެން ވިދާޅުވެފައިވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވަނިކޮށެވެ. ހޮސްޕިޓާގައި މަސައްކަތް ކުރައްވާ ބައެއް ޑޮކްޓަރުން ޗުއްޓީއަށް ދިއުމާއި ގުޅިގެން ބައެއް ޚިދުމަތްތައް އެ ހޮސްޕިޓަލުން ވަނީ މެދު ކެނޑިފައެވެ. އަދި މި ހަފްތާތެރޭގައި އެ ހޮސްޕިޓަލުން ފަރުވާނުދެވި އިނގިއްޔެއް ބިނދުނު މީހަކު ދިއްދޫ ހޮސްޕިޓަލަށް ފޮނުވާލައިފާވާއިރު، އިނގިއްޔެއް ބިނދުނު އެހެން މީހަކު ވަނީ ފަރުވާ ނުދެވިގެން މާލެވެސް ފޮނުވާލައިފައެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ ހއ، ހދ، އަދި ށ. އަތޮޅުގެ ރައްޔިތުންވެސް ސިއްޙީ ފަރުވާ ހޯދުމަށް ކޮންމެ ދުވަހަކު އަންނަ ހޮސްޕިޓަލެކެވެ. ހޮސްޕިޓަލްގެ ބައެއް ކަންތައްތަކާއި ދެމުން ގެންދާ ޚިދުމަތްތަކަށް ގިނަބައެއްގެ ފާޑުކިޔުން އަބަދުވެސް އަންނަނީ ލިބެމުންނެވެ. އަދި ސަރުކާރުން ހޮސްޕިޓާގެ ފެންވަރު ރަންގަޅު ކުރުމަށް އެދެވޭ މަސައްކަތްތަކެއް ނުކުރާ ކަމަށް ބުނެ ގިނަ ބައެއްގެ ހިތް ހަމަ ނުޖެހުންވެސް ވަނީ އަމާޒުވެފައެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ ޓާޝަރީ ފެންވަރުގެ ޚިދުމަތްދޭ ހޮސްޕިޓަލަކަށް ބަދަލުކުރާނެ ކަމުގެ ޔަޤީންކަން މި ސަރުކާރުން ވަނީ ދެއްވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

2 Responses

  1. ސިޑް

    ސަރުކާރުން މިއަތޮޅަށް އަޅާލާނީ ކިހިނެއް ހެދިއްޔާތޯ؟

  2. ގަޕޯ

    އިސް ކަންދޭނަމޭ ނުކިޔާާ އައްޑޫ މީހުން ބޭބުން ވާާކަންތައް ކޮއްނިމާާލަނީ

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ