އިންޒާރުދީގެން ފަސް މެމްބަރަކު ސެކިއުރިޓީ އަށް އެދިފައިވޭ - މަޖިލީސް

ރައްޔިތުންގެ މަޖިލީހުގެ ފަސް މެމްބަރަކަށް އިންޒާރުތަކެއް ލިބުމާއި ގުޅިގެން ސެކިއުރިޓީ އެދިއްޖެއެވެ.

އެކަމާއި ގުޅޭގޮތުން މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާ އާއި ހަވާލާދީ ރާއްޖެ.އެމްވީ ވިދާޅުވީ، ފަސް މެމްބަރަކަށް އިންޒާރު ދީފައިވާތީ އެ މެމްބަރުންނަށް ސެކިއުރިޓީ ފޯރުކޮށްދިނުމަށް އެމްއެންޑީއެފްގައި އެދިފައިވާ ކަމަށެވެ. ނަމަވެސް އެ މެމްބަރުންތަކުގެ ނަމެއްް އަމީންއާންމު ހާމައެއް ނުކުރައްވައެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ސެކިއުރިޓީ އަށް އެދިއްޖެނަމަ އެމްއެންޑީއެފުން ސެކިއުރިޓީ ފޯރުކޮށްދެން ޖެހެއެވެ.

މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކަކަށް މަރުގެ އިންޒާރުތަކެއް ދިނުމާއި ގުޅިގެން އެމްއެންޑީއެފުން ސެކިއުރިޓީ ފޯރުކޮށްދީފައިވެއެވެ.

އެގޮތުން 2014 ވަނަ އަހަރު އެމްޑީޕީގެ ހަތަރު މެމްބަރަކަށް މަރުގެ އިންޒާރު ދީފައިވެއެވެ. އެއީ ކޮން ބައެއްކަން ދަނެގަނެވިފައިވާކަމަށް ގެއްލުވާލާފައިވާ މީހުންނާ މަރާލާފައިވާ މީހުންގެ މައްސަލަ ބެލުމަށް އުފައްދާފައިވާ ރިޔާސީ ކޮމިޝަނުން ވަނީ މި އަހަރުގެ މޭމަހު ބުނެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ