ޖުޑީޝަލް ސަރވިސް ކޮމިޝަން ވަކީލަކު ހޮވުމަށް ބާއްވާ އިންތިޚާބުގެ ވޯޓުލުން ފަށައިފިއެވެ.
މި އިންތިހާބުގައި 6 ވަކީލަކު ވާދަކުރެއެވެ. އެއީ ކުރީގެ އިންފޮމޭޝަން ކޮމިޝަނަރު ޢަބްދުލްއަޒީޒް ޖަމާލް އަބޫބަކުރާއި، އަލީ ރަޝީދާއި، އަބްދުލްމާނިއު ޙުސައިނާއި، ހަނީފާ ޚާލިދުގެ އިތުރުން އަޙްމަދު ރަޝީދު ޙުސައިންއެވެ. އިންތިޚާބުގެ ވޯޓް ލުން ކުރިޔަށްދާނީ މިއަދު ހެނދުނު 9:00 އިން ހަވީރު 17:00 އާއި ހަމައަށެވެ.
މި އިންތިޙާބުގައި ވޯޓް ލުމުގެ ޙާއްޤު ލިބިފައިވަނީ 1487 ވަކީލުންނަށެވެ. ޖުމްލަ ތިން ވޯޓް ފޮއްޓެއް ބެހެއްއޓިފައިވާއިރު، މާލޭގައި ދެ ފޮށި ވަނީ ބެހެއްޓިފައެވެ. އަދި ތިން ވަނަ ފޮށި ބެހެއްޓިފައިވަނީ އައްޑޫ ސިޓީގައި ކަމަށް އިލެކްޝަން ކޮމިޝަނުން މަޢުލޫމާތު ދެއްވައެވެ.
މާލޭގައި ބަހައްޓަފައިވާ ދެ ފޮއްޓަށް ޖުމްލަ 1478 ވަކީލުންނަށް ވޯޓް ދިނިމުގެ ޙައްޤުލިބިފައިވާ އިރު، އައްޑޫ ފޮއްޓަށް ވޯޓް ދިނުމުގެ ހައްޤު ލިބިފައިވަނީ 9 ވަކީލުންނަށެވެ.
ޖުޑީޝަލް ސާރވިސް ކޮމިޝަންގައި ކުރިން ވަކީލުންގެ ފަރާތުން ތަމްސީލްކުރައްވަމުން ގެންދެވީ ޤާނޫނީ ވަކީލް ލަޠީފާ ޤާސިމެވެ. ނަމަވެސް ޤާނޫނީ ފަންނުގެ ޤާނޫނާއެކު ލަޠީފާ ޤާސިމްގެ މަޤާމު ވަނީ ގެއްލިފައެވެ.
ބާ ކައުންސިލް އުފެދުމާއިއެކު، ދަށުން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް އިންތިޚާބުކުރާ ޤާނޫނީ ވަކީލަކީ ބާ ކައުންސިލުގެ މެންބަރުންގެ ތެރެއިން އިންތިޚާބުކުރާ ޤާނޫނީ ވަކީލަކަށް ވާންޖެހެއެވެ.