ޕެންޓަގުރާމް އީދު ސޭލް މިފަހަރު ހަނިމާދޫގައި

ހދ.އަތޮޅުގައި އަންނައުނުގެ ވިޔަފާރި އެންމެ ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ "ޕެންޓަގުރާމް" ގެ މިއަހަރުގެ ބޮޑު އީދު ސޭލް އެއަތޮޅު ހަނިމާދޫގައި ބާއްވަން ހަމަޖައްސައިފިއެވެ.

ޕެންޓަގްރާމްގެ އޮފިޝަލަކު ބުނީ، މި ސޭލް އޮންނާނީ މިފެށޭ އޯގަސްޓްމަހު 1 އިން 3 އަށް ހަނިމާދޫ އިޖުތިމާއީ މަރުކަޒުގައި ހަވީރު 4:15 އިން ރޭގަނޑު 10:30 އަށް ކަމަށެވެ.

ޕެންޓަގުރާމް ވެރިޔާ އަބުދުﷲ މާހިރު ވިދާޅުވީ، މިފަހަރުގެ ސޭލްގައިވެސް މުދާ ވަރަށް ބޮޑުތަނުން އަގުހެޔޮވާނެ ކަމަށާ، ސޭލުގައި ތަފާތު މުދާ ހުންނާނެ ކަމަށެވެ.

350ރ އަށް އާއްމުކޮށް ވިއްކާ ގަމީސް ސޭލްގައި 150ރ އަށް ލިބޭނެ ކަމަށާ، އަދި 350ރ ހުންނަ ޖީންސް ސޭލުން 195ރ އަށް ލިބެން ހުންނާނެ ކަމަށް އަދި ކުޑަކުދިންގެ އަންނައުނު ވަރަށް ހެޔޮއަގުގައި ލިބެން ހުންނާނެ ކަމަށް މާހިރު ވިދާޅުވިއެވެ.

ޕެންޓަގުރާމުން އަންނަނީ އެކި ދުވަސްވަރާ ގުޅޭގޮތުން އެކި ރަށްރަށުގައި ތަފާތު ސޭލްތައް ބާއްވަމުންނެވެ. އެގޮތުން ކުރިނބީ އާއި ވައިކަރަދޫ އަދި ނޭކުރަންދޫގައިވެސް ވަނީ މިފަދަ ސޭލްތައް ކުރިއަށްގެންގޮސްފައެވެ.

ހދ.ކުޅުދުއްފުށީގައި ހިންގާ "ޕެންޓަގްރާމް" ފިހާރައިން އަތޮޅުގެ ރަށްތަކުގައި އެކި މުނާސަބަތުގައި ހިންގާ ސޭލްތަކާއެކު ޕެންޓަގްރާމަކީ ގިނަ ބައެއްގެ އިތުބާރު ލިބިފައިވާ ފިހާރައެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ