ރައީސް ނަޝީދު އައްޑޫ ސިޓީއަށް ވަޑައިގަންނަވަނީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް, ރައީސް މުހައްމަދު ނަޝީދު އައްޑޫ ސިޓީ އަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.

ކުރީގެ ރައީސް ނަޝީދުގެ މި ދަތުރު ފުޅަކީ އައްޑޫ އީކުއެޓާ ވިލެޖްގައި ބާއްބާ ރަސްމިއްޔާތެއްގައި ބައިވެރިވެ ވަޑައިގަތުމަށް ކުރައްވާ ދަތުރު ފުޅެކެވެ.

ނަޝީދު އައްޑޫ އަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އޮގަސްޓް އެއްވަނަ ދުވަހުއެވެ. ނަޝިދަކީ އަބަދުވެސް އައްޑޫއާއި ގާތްގުޅުމެއް ބާއްވަމުން އަންނަ ފަރާތެކެވެ. އެގޮތުން އެމަނިކުފާރުގެ ވެރިކަމުގައި އައްޑޫގައި ވަނީ ބޮޑެތި ޕްރޮޖެކްޓްތަކެއް ވެސް ހިންގާފައެވެ.

އިބްރާޙީމް މުޙައްމަދު ޞާލިޙް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށް ފަހު ނަޝީދު އެންމެ ފުރަތަމަ ދަތުރު ކުރެއްވީ ވެސް އައްޑޫއަށެވެ. އަދި އޭގެ ފަހުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕެއިންގައިވެސް ރައީސްއާއިއެކު ނަޝީދު ވަނީ އައްޑޫއަށް ވަޑައިގެންފައެވެ.

އެމަނިކުފާނުގެ އޮފީހެއް ވެސް އައްޑޫ ސިޓީ ހިތަދޫގައި ގައި ވަނީ ހުޅުވާފައެވެ.


މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ