ހަސަން ލުޠުފީ - އިމްރާން ޢަބްދުﷲ

އިމްރާން އާއި ލުޠުުފީ މިޤައުމުން ނައްތާލަންޖެހޭ - ނަޝީދު

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ކުރީގެ ރައީސް ހަސަން ލުޠުފީއާއި، އަދުގެ ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ އަކީ މިޤައުމުން ނައްތާލަންޖެހޭ ދެބޭފުޅުން ކަމަށް ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

މެންބަރު ނަޝީދު މިހެން ވިދާޅުވީ، ހަސަން ލުޠުފީއަށް އަދުގެ ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ބިރުދެއްކި ކަމަށް ބުނާ މައްސަލައިގައި މާވަށު ދާއިރާގެ ޕީއެންސީ މެންބަރު މުޙައްމަދު ސައީދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައިގެ ބަހުސްގައި ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މިއަދު ހެނދުނުއެވެ.

ނަޝީދު ވަނީ ހޯމް މިނިސްޓަރަށް އަދި ލުޠުފީއަށްވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވާފައެވެ.

"ދޮގު ހެދުމާއި، މީހުންނަށް އޮޅުވާލުމާއި ކޮންމެ ވެރިކަމެއް ވައްޓާލަންވީމަ އެބޭފުޅާ ބޭނުންވާ ގޮތަކަށް ވާހަކަ ދެއްކޭ. އެބޭފުޅާ ހިތްހަމަ ޖެހޭ ގޮތަކަށް ރައްޔިތުން ރުއްސަންވެގެން މިހުރިހާ ކަމެއް މިހުރިހާ ދުވަހު ކުރަމުން މިއައީ. އެބޭފުޅާގެ ފަހަތުގައި ވަނީ ވެރިކަން ވައްޓާލަން މަސައްކަތް ކުރުމުގެ ސަގާފަތެއް އުފެދިފައި. މިއީ ހަޤީޤަތް. ޤަބޫލުފުޅުކުރައްވާ. މާދަމާވެސް ތިބޭފުޅުންނަށް ސަނާ ނުކިޔާނަމަ އަނެއްކާވެސް ހަމަ ފަހެރިއަކަށް ބަދަލުވާނެ. އެއްކަލަ ޝައިޚްގެ ލަޤަބް ނިމުނީ." އިމްރާން އަށް ނިސްބަތްކޮށް މެންބަރު ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ، އޭސީސީގެ ކުރީގެ ރައީސް ހަސަން ލުޠުފީއަކީ ވަގެކޭ ނުދަންނަވާނެ ކަމަށާއި، އެހެން ނަމަވެސް ލުޠުފީ ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށެވެ.

"އަޅުގަނޑު ނުބުނަން ލުޠުފީއަކީ ވަގެއް ނޫނެކޭ. އަޅުގަނޑަށް ވަރަށް ރަނގަޅަށް އެނގޭ ލުޠުފީވެސް. ވަރަށް ވަރަށް ރަނގަޅަށް އެނގޭ. އެންޓި-ކޮރަޕްޝަން ކޮމިޝަން، ނަޒާހަތްތެރިކަންވެސް އެނގޭ ލުޠުފީގެ." ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވަނީ ލުޠުފީ އަގުބޮޑު ގަޑިއެއްގައި ހިފި ކަމަށްވެސް ތުހުމަތު ކުރައްވައި ކޮރަޕްޝަނުގެ އިނގިލި ދިއްކުރައްވާފައެވެ.

"ލުޠުފީ ހިފާފާނެ ކޮންމެ ފަދަ އެއްޗެއްގައިވެސް، ކުޑަކުޑަ އެއްޗަކަށް ވެދާނެ. އެހެންވީމަ އެ ކުޑަކުޑަ އެތީގެ އަގު އަޅުގަނޑަށް އެނގޭ ވަރަށް ރަނގަޅަށް. އެބޭފުޅާ ދައްކާފައިހުރި ވާހަކަތައްވެސް އެނގޭ، އެކަމަކު އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ރައީސް ލުޠުފީ، ނަޒާހާތްތެރި ބޭފުޅާ. ކުޑަކުޑަ ކަމެއްގައި ވަރަށް ކުޑަކުޑަ އެއްޗެއް، އެއްލައްކަ ތޭވީސް ހާސް ޑޮލަރު، އެތި ވަރަށް ކުޑަ، އަތުގައި އަޅާލާ ގަޑިއެއް." ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ، ކަންކަން މިބީދައިން ހުރިއިރުގައި، އެކަންކަން ބަލަންޖެހޭ ކަމަށާއި، އިންޒާރުވެސް ދޭނެ ކަމަށް އަދި ހައްޔަރުވެސް ކުރަންޖެހޭ ކަމަށެވެ.

"އެދެބޭފުޅުންނަކީވެސް މިޤައުމުން އަސްލު ހަޤީޤަތުގައި ނަައްތާލަންޖެހޭ ދެބޭފުޅުން. އެކަމު އެއީ ޝަރީއަތުގެ ކުރިމައްޗަށް ގެންގޮސްފައި ޝަރީއަތުން ހުކުމެއް ކޮށްގެން ނައްތާލަން ޖެހޭނީ." ނަޝީދު ވިދާޅުވިއެވެ.

ނަޝީދު އިތުރަށް ވިދާޅުވީ، އެއީ މި ޤައުމަށް ޖެހިފައިވާ ބަލާވެރިކަމެއް ފަދަ ދެބޭފުޅުން ކަމަށާއި، އެދެބޭފުޅުން "ވުޖޫދުންވެސް ފުހެލަން" ޖެހޭ ކަމަށެވެ. ނަމަވެސް އެއީ އެދެބޭފުޅުން މަރާލުން ނޫން ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

"އެހެންވީމަ އެކަންތައްތައް އެބަޖެހޭ ހައްލު ކޮށްދެއްވަން އަޅުގަނޑުމެންނަށް. އެދެބޭފުޅުންގެ ސަބަބުން ކިތައް ވެރިކަންތޯ ވެއްޓިގެން ދިޔައީ. ކިތައް ކަންތައްތޯ މިޤައުމުގައި ބޮއްސުންލައިގެން ދިޔައީ." ނަޝީދު ވިދާޅުވިއެވެ.

އިތުރަށް ނަޝީދު ވިދާޅުވީ، "ކުރީ ސަރުކާރު"، "މިސަރުކާރު" ނުކިޔައި މިދެ ބޭފުޅުންގެ ކިބައިން ޤައުމު ސަލާމަތްކުރަންޖެހޭ ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

2 Responses

  1. މަނަ

    މީ ނަސީދު އާއި މެދު ސަމާލް ވޭ .މީނާ މީ މީހުން ނައްތާލަން މަސައްކަތް ކުރާ މީހެއް.

    2
    1
    • ރެޑޭ

      މަނަ ކަލޭޭ ތީ އިމްރާން ގެންގުޅޭ ޕަޕެޓެއް ވީ މަ ތިހެން ހި ވާނެ

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ