މެމްބަރެއްގެ ކެއުމުން ފެނުނު "ކޮންޑަމެއް" ކަހަލަ އެތި - ފޮޓޯ: ޖަޒީރާ

މަޖިލިސް ކެއުމުން "ކޮންޑަމެއް" ކަހަލަ އެއްޗެއް ފެނުނު މައްސަލައެއް!

ދިވެހިރާއްޖޭގެ ޤާނޫނުހަދާ މަޖިލިސް، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ކެއުމަށް ހުރި ތަކެތީގެ ތެރެއިން "ކޮންޑަމް"އެއް ކަހަލަ އެއްޗެއް ފެނުނު މައްސަލައެއް ފެންމަތިވެއްޖެއެވެ.

އޮންލައިން ނޫސް "ޖަޒީރާ ނިއުސް" ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ވިދާޅުވެފައިވަނީ "ކޮންޑަމް"އެއް ކަހަލަ އެއްޗެއް ފެނިފައިވަނީ ނައިފަރު ދާއިރާގެ މެމްބަރު، ޕީޕީއެމްގެ ނައިބު ރައީސް އަޙްމަދު ޝިޔާމް ކޭންބެއްލެވުމަށް އިންތަށީގެ ތެރެއިން ކަމަށެވެ.

މި މައްސަލަ ފެންމަތިވުމުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް އެވަގުތު އެތަނަށް ވަޑައިގެން އެތަން ބައްލަވާފައިވާކަމަށްވެސް މަޖިލީހުގެ ބައެއް މެންބަރުން ވިދާޅުވެފައިވެއެވެ.

މެންބަރު ޝިޔާމު ކޭންބައްލަވަނިކޮށް "ކޮންޑަމެއް" ކަހަލަ އެތި، ކަރުތެރޭގައި އެ އަޅައިގަތީ ކަމަށްވެސް މެންބަރުން ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ފަރިއްކޮޅުގެ ކަންކަން ހަމަޖައްސަމުން އަންނަނީ ރައްޔިތުންގެ މަޖިލީހުގައެވެ. މެންބަރުންގެ ފަރިއްކޮޅަށް ދައުލަތުގެ ބަޖެޓުން ބޮޑު ޚަރަދެއްވެސް ހިނގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ