ޖަމިލީހުގެ ދަޢުރު ދިގުކުރަން، މަޖިލީހުން ފާސްކޮށްފި

މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ ދައުރު ދިގު ކުރަން އެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

މަޖިލީހުގައި މިއަދު ކުރިޔަށް ދިޔަ ވޯޓްގައި 72 މެންބަރުގެ ވޯޓުން ވަނީ މިހާރު ހިނގަމުން ދާ މަޖިލީހުގެ ދަޢުރު އަންނަ ސެޕްޓެންބަރު މަހުގެ ފަސްވަނަ ދުވަހާއި ހަމައަށް މުއްދަތު އިތުރު ކުރުމަށް ފާސްކޮށްފައެވެ. މަޖިލީހުގެ ދަޢުރު ދިގުކޮށްފައިވާއިރު، ދައުރު ދިގު ކުރުމުގެ ފުރުސަތު މެމްބަރުންނަށް ލިބިދީފައިވެއެވެ.

މަޖިލީހުގެ ދައުރު ދިގުކުރުމަށް ނިންމާފައިވާއިރު، މި ދަޢުރުގައި މަޖިލީހަށް މުޙިންމު ބިލްތަކެއް ވަނީ ހުށައެޅިފައެވެ. ބައެއް ބިލް ތަކުގެ މަސައްކަތް ނިންމާފައިވާ އިރު ނުނިމިވެސް ގިނަ ބިލްތަކެއް އެބަހުއްޓެވެ. އަދި މި ދަޢުރުގައި މަޖިލީހުންވަނީ ގިނަ ވަޒީރުންތަކެއް މަޖިލީހަށް ހާޒިރުކޮށް ޖަވާބުރާދީ ކުރުވާފައެވެ.

މިހާރު މަޖިލީހަށް ހުށައެޅިފައިވާ މުޙިންމު ބިލްތަކުގެ މަސައްކަތް ޗުއްޓީއަށް ދިއުމުގެ ކުރިން ނިންމާލުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން މަޖިލީހުގެ ޖަލްސާތައް ދުވާލުގެ އިތުރުން ރޭ ގަނޑުވެސް ދަނީ ބާއްވަމުންނެވެ.

މަޖިލީހުގެ ގަވައިދު ބުނާ ގޮތުން މިދައުރުގެ ޖަލްސާތައް ނިންމާ މެންބަރުން ޗުއްޓީއަށް ވަޑައިގަންނަވާނީ މި މަހުގެ 29 ވަނަ ދުވަހު އެވެ.


މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ