ލުކާކޫއަށްފަހު ސަންޗޭޒް ޔުނައިޓެޑް ދޫކޮށް އިންޓަރއަށް

މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ޗިލީގެ ފޯވާޑު އެލެކްސެސް ސަންޗޭޒް ލޯނު އުސޫލުން އިޓަލީގެ އިންޓަރމިލާނަށް ދިއުމަށް އެއްބަސްވެއްޖެއެވެ.

ރިޕޯޓަތައް ބުނާގޮތުން އިންޓަރމިލާންއިން ސަންޗޭޒްގެ މުސާރައަށް 5 މިލިއަން ޕައުންޑް ދިިނުމަށް އެއްބަސްވެފައިވާއިރު، މެޑިކަލް ޓެސްޓްތައް ހެދުމަށް މިއަދު ސަންޗޭޒް މިލާނަށް ދާނެއެވެ.

އިންޓަރއިންވަނީ ޔުނައިޓެޑަށް ކުޅެމުންއައި ބެލްޖިއަމްގެ ތަރި ރޮމެލޫ ލުކާކޫވެސް މިމަހުގެ ކުރީކޮޅު ގެނެސްފައެވެ. އިންޓަރއިން ލުކާކޫ ގަނެފައިވަނީ 73 މިލިއަން ޕައުންޑްގެ ފީއެއް ދެއްކުމަށްފަހުގައެވެ.

ލޯނު އުސޫލުން ސަންޗޭޒް އިންޓަރއަށް ދޫކޮށްލަން ޔުނައިޓެޑުން އެއްބަސްވެފައިބީނަމަވެސް، މިއެއްބަސްވުމުގައި ލޯނަށްފަހު ސަންޗޭޒް ގަތުމުގެ އޮޕްޝަން ނެތްކަންވެސް ފާހަގަކޮށްލެވެއެވެ.

މިދިޔަ ކޮޕާ އެމެރިކާގެ ޗިލީގެ ޤައުމީ ޓީމުން ރަނގަޅު ކުޅުމެއް ދެއްކި ސަންޗޭޒްއަށް އާޖެންޓީނާއާއި ދެކޮޅަށް ކުޅުނު އެމުބާރާތުގެ ތިންވަނަ ހޮވާމެޗުގައި އަނިޔާވެފައިވާއިރު، މިސީޒަންގައި އަދި ޔުނައިޓެޑަށް މެޗެއް ކުޅެދީފައެއްނުވެއެވެ.

2018 ވަނަ އަހަރުގެ ޖެނުއަރީމަހު އާސެނަލް ދޫކޮށް ޔުނައިޓެޑާއި ގުޅުނު ސަންޗޭޒްއަށް ޔުނައިޓެޑް ޖާޒީގައި މިހާތަނަށް ކާމިޔާބުކޮށްދެވިފައިވަނީ އެންމެ ފަސް ލަނޑެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ