ޔޫތު މިނިސްޓަރު ދެއްވި ބީރުކަންފަތަށް އަޅާލުމެއްނެތި ރާއްޖޭގެ ހިތްވަރުގަދަ ރޭސިން ޓީމު ލަންކާއަށް

ޔޫތު މިނިސްޓަރު އަޙްމަދު މަޚްލޫފު ދެއްވި ބީރުކަންފަތަށް އަޅާލުމެއްނެތި ރާއްޖޭގެ ހިތްވަރުގަދަ ރޭސިން ޓީމު ލަންކާއަށް ދަތުރުކޮށްފިއެވެ.

ރާއްޖޭގެ ފަސް ދުއްވުންތެރިން ބައިވެރިވާ މިރޭހަށް ދިއުމުގެކުރިން ރާއްޖޭގެ ޔޫތު މިނިސްޓްރީގެ އެހީއެއް ހޯދުމަށްޓަކައި ތަފާތު އެކިގޮތްގޮތުން ކުރި މަސައްކަތް ނާކާމިޔާބުވެފައިވާއިރު، ކުޑަ މިނުން ޔޫތު މިނިސްޓަރު އަޙްމަދު މަޚުލޫފުގެ އެޕޮއިންޓްމެންޓެއްވެސް ލިބިފައިނުވާކަމަށް މިނޫހަށް މަޢުލޫމާތު ދެއްވަމުން ރޭހުގައި ބައިވެރިވާ އިސްފަރާތަކުން ބުނެފައިވެއެވެ.

އެހެންނަމަވެސް އަޒުމަކަށް ގުޑުމެއްނައި މިޒުވާން ރޭސިން ޓީމު ލަންކާއަށް ގޮސްފައިވަނީ އަމިއްލަ ޚަރަދުގައިކަމަށްވެސް އެފަރާތުންވަނީ މަޢުލޫމާތު ދީފައެވެ.

މިރޭހަށް ރާއްޖެއިން ދިޔަ ޓީމުގައި ރާއްޖޭގެ ރޭސްތަކުގައި ބައިވެރިވެ ކާމިޔާބީތައް ހޯދާފައިވާ ދުއްވުންތެރިން ހިމެނޭއިރު، ރާއްޖޭއިން ބޭރުގެ މުބާރާތްތަކުގައި ބައިވެރިވެ ވަނަ ހޯދާފައިވާ ދުއްވުންތެރިންވެސް ހިމެނެއެވެ.

މިރޭހުގައި ބައިވެރިވުމަށް ރާއްޖެއިން ލަންކާއަށް ދިޔަ ޓީމުގައި ހިމެނެނީ ޔޫސުފް މާޒިން، އަޙްމަދު ސަޢީދު، ހަމްދޫން ނަސީރު، އަޙްމަދު ޒަޔާން ޒަޢީމް އަދި އިސްމާޢީލް އައިސަރެވެ.

އަވައްޓެރި ސްރީލަންކާގައި އޮންނަ ކަޓުކުރުންދާ ނަވެލް އެއަރބޭސް އިވެންޓްގައި ބައިވެރިވުމަށް ރާއްޖޭގެ ރޭސިން ޓީމު ލަންކާއަށް ފުރާފައިވަނީ މިއަދުގެ ވަގުތެއްގައެވެ.

އަންނަ މަހުގެ 6 ވަނަ ދުވަހު ރޭހުގެ އޮފިޝަލް ޕްރެކްޓިސް ކުރިއަން ގެންދަން ހަމަޖެހިފައިވާއިރު، 7 ވަނަ ދުވަހު ކުރިއަށްދާނީ މިރޭހުގެ ކޮލިފައިންއެވެ. އަދި ރޭސް ކުރިއަށްދާނީ ޖެހިގެން އަންނަ ދުވަހުއެވެ.

ޒުވާނުންނަށް ބޮޑު އުންމީދަކާއެކު މިދިޔަ އަހަރު ވެރިކަމަށް ގެނައި ސަރުކާރުން މިފަދަ ހިތްދަތިގޮތަކަށް މިކުދިންނާއި ދޭތެރޭ ކަންތައްކޮށްފައި ވީނަމަވެސް މިކުދިންގެ އެންމެ ބޮޑު އުންމީދަކީ މިއިވެންޓުން ރާއްޖެއަށް ރީތިނަމެއް ހޯދައިގެން އެނބުރި ޤައުމަށް އައުމެވެ.

މިލިޔުން ކިޔާލުމުން
15
ގުޅުންހުރި ލިޔުންތައް

5 Responses

  1. ބެރު

    Liyun kiya nimunu iruves neygey mee konkahala racing eh kura baeh kameh

    4
    2
  2. އާދަނު

    މި ސަރުކާރަސް ކަމެއް ވާނީ ކޯޓްތަކުގެ މައްސަލަތައް ނިމިގެނެއްނު ކުރިން ވެސް އެމްޑީޕީ ވެރިކަމަށް އަރާފަ މައްްސަލަ ބަލަން ހަދައިގެން ވެރިކަން ވެއްޓުނީ

    7
    4
  3. މީހެއް

    Thi liyaairu space dheefa liyaanama kiyaameehunnah varah faseyhavaanehen heevanee kiyaalan

    14
    1
  4. Fituroanu

    Thi noohakee fithunaige nooheh. Thi maazinakee baeh athun laarithakeh
    Filaigen ulhun meeheh beyru gaumakah gos. Eynayakee laari ah heki bas dhin meeheh. Hayyarukuran jehey meeheh. Eyna ge massala balaa jalah laane meehen

    3
    10
  5. Ministry

    Ministry ge baheh hoadhumah fahu mi habaru liyunu nama. Eii noosverikamaky. Pls b fair to both

    8
    10
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ