ކަސްޓަމްގެ ޖަލްސާގެ ތެރެއިން - ފޮޓޯ: ރައީސް އޮފީސް

ކަސްޓަމްސް މުވައްޒަފުން ކުރަމުން އަންނަނީ މުހިންމު އަދި އެހާމެ ބުރަ މަސައްކަތެއް - ނައިބު ރައީސް

ދިވެހި ކަސްޓަމްސްގެ މުވައްޒަފުން ކުރައްވަމުން ގެންދަވަނީ މުހިންމު އަދި އެހާމެ ބުރަ މަސައްކަތެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް ފައިސަލް ނަސީމް މިހެން ވިދާޅުވެފައިވަނީ، މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ 129 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ރޭ ބޭއްވި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ކަސްޓަމްގެ ޖަލްސާގެ ތެރެއިން - ފޮޓޯ: ރައީސް އޮފީސް

އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ރޭ ބޭއްވި މި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން ފައިސަލް ނަސީމް ވިދާޅުވީ، ކަސްޓަމްސްއިން ކުރަމުން އަންނަނީ މުހިންމު އަދި ބުރަ މަސައްކަތްތަކެއްކަމަށެވެ. އަދި އެ މަސައްކަތްތަކުގައި ތެދުވެރިކަމާ އަމާނާތްތެރިކަމާއެކު ދެމި ތިއްބެވުމަށް ނައިބު ރައީސް ވަނީ އެދިވަޑައިގެންފައެވެ.

ކަސްޓަމްގެ ޖަލްސާގެ ތެރެއިން - ފޮޓޯ: ރައީސް އޮފީސް

ޚިދުމަތްދިނުމުގައި ހަމަހަމަ ކަމާއެކު އެއްވެސް ފަރާތެއް ތަފާތުކުރުމެއްނެތި، ވީހާވެސް ހަލުވިމިނެއްގައި ޚިދުމަތްތައް ފޯރުކޮށްދެއްވުމަށް މަސައްކަތްކޮށްދެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ކަސްޓަމްސްގެ މުވައްޒަފުންނަށް އިލްތިމާސްކުރައްވާފައެވެ.

ކަސްޓަމްގެ ޖަލްސާގެ ތެރެއިން - ފޮޓޯ: ރައީސް އޮފީސް

މި ޙަފްލާގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، ކަސްޓަމްސް އޮފިސަރުންގެ ތެރެއިން ޑަބްލިއު.ސީ.އޯ މެރިޓް ސެޓްފިކެޓް ހާޞިލުކުރި އޮފިސަރުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވާފައެވެ. އަދި ކަސްޓަމްސްގެ 130 ވަނަ އަހަރީ ދުވަހަށް ތައްޔާރުކޮށްފައިވާ ލޯގޯ މި ޙަފްލާގައި ފައިސަލް ނަސީމް އިފްތިތާޙް ކޮށްދެއްވިއެވެ.

ކަސްޓަމްގެ ޖަލްސާގެ ތެރެއިން - ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިޙަފްލާގައި ދެއްކެވި ވާހަކަފުޅުގައި މިއަދު ހދ. ހަނިމާދޫ ކައިރިއަށް ލޯންޗެއް ބަނޑުންޖަހާލި ހާދިސާގައި ނިޔާވި 5 ބޭފުޅުންގެ އާއިލާއަށް ތަޢުޒިޔާ ދަންނަވައި މަރްޙޫމުންނަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވުން އެދި ދުޢާ ދަންނަވާފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ