މަޖިލީހުގެ ރައީސް ޕީޖީ ލީޑަރުންނާއެކު - ފޮޓޯ: މަޖިލިސް

ރިލްވާން މައްސަލައިގެ ޑްރާފްޓް ރިޕޯޓު ޕީޖީ ލީޑަރުންނަށް އަރުވައިފި

މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤުކުރާ ކޮމިޝަނުން ތައްޔާރުކޮށްފައިވާ ނޫސްވެރިޔާ އަޙްމަދު ރިޟްވާން ޢަބްދުﷲ ގެއްލިފައިވާ މައްސަލައިގެ ޑްރާފްޓް ރިޕޯޓުގެ ކޮޕީ ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި ސިޔާސީ ޕާޓީތަކުގެ ޕާލަމެންޓަރީ ގުރޫޕްގެ ލީޑަރުންނަށް އަރުވައިފިއެވެ.

އެ ރިޕޯޓް މިއަދު ހެނދުނު ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް އަރުވާފައެވެ. ނަޝީދަށް އެ ރިޕޯޓު އެރުއްވީ މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤުކުރާ ކޮމިޝަނުގެ ރައީސް ހުސްނުއް ސުޢޫދެވެ.

އެ ރިޕޯޓު މިއަދު މެންދުރު ޕީޖީ ލީޑަރުންނަށް އެރުއްވީ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދެވެ.

ރައީސް އޮފީހުގައި އިއްޔެ ބޭއްވެވި ނޫސް ކޮންފަރެންސެއްގައި މަރުތަކާ ބެހޭ ކޮމިޝަނުގެ ރައީސް ހުސްނުއް ސުއޫދު ވަނީ ރިލްވާނު ގެއްލުވާލި ހާދިސާގެ މައުލޫމާތު ހިއްސާކޮށްފައެވެ. އެގޮތުން ދީނީ ހަރުކަށި ޖަމާއަތަކުން ރިލްވާނު ވަގަށް ނަގައި ކުޑަ ޑިންގީއަކަށް އަރުވައިގެން ގޮސް ކަނޑުގައި އޮތް އެހެން އުޅަނދަކަށް އަރުވައި މަރާލާފައިވާ ކަމަށް ސުއޫދު ވަނީ ވިދާޅުވެފައެވެ.

2014 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ރިލްވާން ގެއްލުނު މައްސަލައިގައި ބައެއްގެ މައްޗަށް ދައުވާ ކުރި ނަމަވެސް އެމައްސަލައިގައި އެމީހުންގެ މައްޗަށް ކްރިމިނަލް ކޯޓުގައި ކުށް ސާބިތު ކުރެވިފައެއް ނުވެއެވެ.

އާ ހޯދުންތަކާއެކު އަލުން އެ މައްސަލަ ބަލާނެކަމަށް މަރުތައް ތަޙްޤީޤުކުރާ ކޮމިޝަނުގެ ވާހަކަތަކުން

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ