ގެއްލިފައިވާ މިނިވަން ނޫހުގެ ލިޔުންތެރިޔާ، މ.ޝައިނިންގސްޓަރ، އަޙްމަދު ރިލްވާން ޢަބްދުﷲ ގެ މައްސަލައިގެ ސިއްރު ހެކިންގެ މަޢުލޫމާތުތައް މަޖިލީހުގައި ތަމްސީލުކުރާ ސިޔާސީ ޕާޓީތަކުގެ ޕީޖީ ލީޑަރުންނާ ހިއްސާކުރިކަން މިނޫހަށް ކަށަވަރު ކުރެވިއްޖެއެވެ.
މި މައްސަލައިގެ ސިއްރު ހެކިންގެ މަޢުލޫމާތާއެކު މައްސަލައިގެ ރިޕޯޓް މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙްޤީޤުކުރާ ކޮމިޝަނުން ވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދަށް އަރުވާފައެވެ.
މި ނޫހަށް ކަށަވަރުވެފައިވާ ގޮތުގައި، އެ ކޮމިޝަނުން އިއްޔެ މެންދުރުކުރިން، ރައްޔިތުންގެ މަޖިލީހުގެ ރައީސަށް އެރުވި އެމައްސަލައިގެ ޑްރާފްޓް ކޮޕީއަކީ އެމައްސަލައިގައި ހިމެނޭ އެންމެހާ ސިއްރު ހެކިންނާއި، އެމީހުންގެ ވަނަވަރުވެސް ހިމެނޭ ބަޔާންތަކާއެކު ތައްޔާރުކޮށްފައިވާ ކޮޕީއެކެވެ.
ރައީސް ނަޝީދަށް ސުޢޫދު އެރުވި ސިއްރު ހެކިންގެ މަޢުލޫމާތު ހިމެނޭ މައްސަލައިގެ ރިޕޯޓްގެ ކޮޕީ، ރައީސް ނަޝީދު ވަނީ އެހުރިގޮތަށް މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނަށް އަރުވާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ޕީޖީ ލީޑަރުންނަށް އެރުވި ކޮޕީގައި ސިއްރު ހެކިންގެ އެންމެހާ މަޢުލޫމާތު ހިމެނޭކަން، ބައެއް ޕީޖީ ލީޑަރުން ވަނީ ވަނީ މިނޫހަށް ކަށަވަރުކޮށްދެއްވާފައެވެ.
ސިއްރު ހެކިންގެ މަޢުލޫމާތާއެކު ރައީސް ނަޝީދު ޕީޖީ ލީޑަރުންނަށް ހިއްސާކުރި މައްސަލައިގެ ތަފްސީލީ ރިޕޯޓް ފަހުން ވަނީ ޕީޖީ ލީޑަރުން އަތުން އަތުލާފައެވެ. އަދި ފަހުން މައްސަލައިގެ ހުލާސާ ބަޔާނެއް އަރުވާނެކަން ޕީޖީ ލީޑަރުންނަށް ވަނީ އަންގާފައެވެ.
މިފަދަ ސީރިއަސް މައްސަލައެއްގައި ހިމެނޭ ސިއްރު ހެކިންގެ މަޢުލޫމާތު ސިޔާސީ ޕާޓީތަކުގެ ލީޑަރުންތަކަކަށް އެރުވިއިރު، މަރުތައް ތަޙްޤީޤުކުރާ ކޮމިޝަނުން ބުނެފައިވަނީ ރިލްވާން ގަދަކަމުން ކާރަކަށް އަރުވައިގެން ގެންގޮސް، ކުޑަ ޑިންގީއެއްގައި އިތުރު ކަނޑުއުޅަނދަކަށް އަރުވާފައިވާ ކަމަށާއި، ރިލްވާން މަރާލާފައިވަނީ ކަނޑުމަތީގައި އެ އުޅަނދުގައި ކަމަށެވެ.
ރިލްވާން މަރާލުމާއި، ޔާމީން ރަޝީދު މަރާލުމުގެ ހާދިސާގެ އިތުރުން މިފަހުން ރާއްޖޭގައި ހިނގި ބޮޑެތި ވައްކަމާއި ފޭރުމުގެ ހާދިސާތަކަކީ ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ އައިއެސްއަށް ވާގިވެރިވާ ދީނީ ހަރުކަށި "ޖިހާދީ ޖަމާއަތާ" ގުޅިފައިވާ މައްސަލަތައް ކަމަށްވެސް އެކޮމިޝަނުން ވަނީ ބުނެފައެވެ.
މި މައްސަލައިގައި ދައުވާކުރަންޖެހޭ ފަރާތްތަކަށް ދައުވާކުރުން އަވަސްކޮށް، އުފެދިފައިވާ އަނދިރި ޖަމާއަތުގެ މޫތައް މުލުން ލުހެލަންޖެހޭކަމަށްވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.





4 Responses
thivaani raavaigen kurikamaka
Nasheed ah evvea kmeh rangalhakh nukureveyne..dhen emeehun goosa ebunaa hekiveriyaa ah biru dhakkaigen ekan ninmaalaane
މައުލޫމާތު ހިއްސާ ކުރީ ޕީޖީ ލީޑަރުންނާއެންނު. ތީގަ ކޮބާ މައްސަލައަކީ؟ ހިއްސާ ކުރާނެ ބަޔަކާ ހިއްސާ ކޮއްގެންވެސް އިންސާފު ހޯދުން މުހިންމީ.
ތީ ނަޝީދުގެ ވިސްނުމުގެ ކޮށިކަން، ބޮޑޭވާން ކުރިކަމެއްތީ