ހުޅުމާލެ ޓްރީޓޮޕް ހޮސްޕިޓާ - ފޮޓޯ:އަލީ ވިޝާމް

ޓްރީޓޮޕުން ކާނާވިހަވި ބައެއް މީހުން ނިއުމޯނިއާއަށް ޕޮޒިޓިވްވެ ފަރުވާދެނީ

ރާއްޖޭގައި ހުރި އެންމެ ބޮޑު ހޮސްޕިޓަލް، ހުޅުމާލެ ޓްރީޓޮޕް ހޮސްޕިޓަލްގެ ކެންޓީނުން ކައިގެން، ކާނާވިހަވި ބައެއް މީހުން ނުރައްކާތެރި ބައްޔެއް ކަމަށްވާ ނިއުމޯނިއާއަށް ޕޮޒިޓިވްވެ ފަރުވާދެމުންދާކަން އެނގިއްޖެއެވެ.

މިނޫހަށް ކަށަވަރު ކުރެވިފައިވާ ގޮތުގައި މިދިޔަ މަހުގެ 28 ވަނަ ދުވަހު އެ ހޮސްޕިޓަލްގެ ކެންޓީނުން ކައިގެން ކާނާވިހަވެގެން 29 މީހަކު އެޑްމިޓްކޮށް ދެމީހަކަށް އައިސީޔޫގައި ފަރުވާދީފައިވެއެވެ. ނަމަވެސް އޭގެ ތެރެއިން މިހާރު ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާދެމުން ދަނީ ހަތަރު މީހުންނަށެވެ.

މި ނޫހަށް ކަށަވަރު ކުރެވިފައިވާ ގޮތުގައި ކާނާވި ވިހަވި މީހުންގެ ތެރެއިން މިވަގުތު ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާދެމުންދަނީ އެ ހޮސްޕިޓަލްގައި މަސައްކަތްކުރާ ދިވެހި އަންހެން މުވައްޒަފަކަށާއި، އިންޑިއާގެ ފިރިހެނެއްގެ އިތުރުން ފިލިޕިންސްގެ އަންހެނަކަށާއި، އޭނާގެ 3 އަހަރުގެ އަންހެން ދަރިފުޅަށެވެ.

މިކަމާ ގުޅިގެން މިނޫހުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޓްރީޓޮޕް ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މިވަގުތު ފަރުވާދެމުންދަނީ ދެ މީހުންނަށް ކަމަށެވެ. ނަމަވެސް ހަތަރު މީހަކަށް ފަރުވާދެމުންދާކަން މިނޫހަށް އެނގޭކަމަށް ދެންނެވުމުން މީޑިއާ އޮފިޝަލް ފަހުން ވިދާޅުވީ، ދިވެހިންނާއި ބޭރު މީހުން ހިމެނޭހެން ތިން މީހުންނަށް ފަރުވާދެމުންދާ ކަމަށެވެ.

އިތުބާރުހިފޭ މަސްދަރަކުން މިނޫހަށް ބުނީ، މިވަގުތު އެ ހޮސްޕިޓަލްގައި ފަރުވާދެމުންދާ ފިލިޕިންސް އަންހެން މީހާއާއި، އޭނާގެ ތިން އަހަރުގެ ތުއްތު އަންހެން ދަރިފުޅަށް އިންފެކްޝަންގެ ސަބަބުން ނިއުމޯނިޔާ ޖެހިފައިވާ ކަމަށެވެ.

ޓްރީޓޮޕް ހޮސްޕިޓަލްގައި ކާނާވިހަވުމުގެ ހާދިސާއެއް ހިނގާފައިވާކަން މިދިޔަ ހުކުރު ދުވަހު ހެލްތު މިނިސްޓްރީންވެސް ވަނީ މިނޫހަށް ކަށަވަރުކޮށްދެއްވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

3 Responses

  1. މީހެއް

    U dont get pneumonia cause of food poisoning

  2. ޓައިފޮއިޑް

    ކާނާ ވިހަވެގެން ނިއުމޯނިޔާ ޖެހޭތަ? ނުދަންނަ ކަމެއްތީ?

    • Nudhanna

      Habaruge enmme fahubai kiyaalun edhen

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ