މިނިސްޓަރ ހުސައިން ރަޝީދު - ފޮޓޯ: މަޖިލިސް

މުޅި ރާއްޖެ ސާފުކުރުމުގެ ޕްރޮގްރާމް ޓެންޑަރ ކުރަން ފިނޭންސަށް ފޮނުވައިފި

މުޅި ރާއްޖެ ސާފުކުރުމުގެ ޕްރޮގްރާމް ކުރިއަށްދާ ކަމަށް މިނިސްޓަރ އޮފް އެންވަޔަރަމެންޓް ޑރ. ޙުސެއިން ރަޝީދު ޙަސަން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ހުސައިން ރަޝީދު މިހެން ވިދާޅުވީ، ތުލުސްދޫ ނަރުދަމާ ނިޒާމުގެ މައްސަލައާއި ގުޅޭގޮތުން ސުވާލުކުރެއްވުމަށް މަޖިލީހަށް ހާޒިރުކުރުމަށްފަހު، އިތުރު ސުވާލު ކުރުމަށް ދެއްވި ފުރުޞަތުގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

މިނިސްޓަރ ވިދާޅުވީ، މުޅި ރާއްޖެ ސާފުކުރުމުގެ ޕްރޮގްރާމެއް ހިންގުމަށް ޕްރޮގްރާމް ރާވައި ރައީސް އޮފީހުން އެ ޕްރޮޖެކްޓަށް ހުއްދަދެއްވާފައިވާ ކަމަށެވެ.

ޕްރޮޖެކްޓް ހިންގުމަށް ހުއްދަ ލިބިފައިވުމާއެކު، ޕްރޮޖެކްޓް ޓެންޑަރ ކުރުމަށްޓަކައި މިނިސްޓްރީ އޮފް ފިނޭންސްއަށް ފޮނުވާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި ޕްރޮޖެކްޓްގެ ދަށުން ރާއްޖޭގެ ހުރިހާ ރަށެއްގައި ގިނަވެފައިވާ ކުނި އެރަށްތަކުން ނަގައި، ކުރިއަށް އޮތްތަނުގައި ކުނި ގިނަ ނުވާނެ ގޮތަކަށް ކައުންސިލްތަކާ ގުޅިގެން ކަންކަން ރާއްވަވާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ