90 ދުވަހުގެ ތެރޭގައި އއ.ރަސްދޫ ގޮނޑުދޮށް ހިމާޔަތްކޮށް ނިންމަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްފިއެވެ.
މި މަސައްކަތް އެމްޓީސީސީ އާ ހަވާލުކޮށްފައިވަނީ މިއަދު މެންދުރު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ ގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
ޑިޒައިން އެންޑް ބިލްޑް އުޞޫލުން އއ.ރަސްދޫގެ 200 މީޓަރު ސަރަހައްދެއްގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު 3 މަސް (90 ދުވަސް) ދުވަހުގެ ތެރޭގައި ނިންމުމަށް އެމްޓީސީސީއަށް ހަވާލުކޮށްފައިވަނީ 7.9 މިލިއަން ރުފިޔާ (7،998،302.75ރ) އަށެވެ.
މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ ގެ ފަރާތުން ޑިރެކްޓަރ ޖެނެރަލް ފާޓިމަތު ޝާނާ ފާރޫޤް ސޮއިކުރެއްވިއިރު، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ ޙަސަން ޝާހްއެވެ.