ސަނީފުގެ ދޮގު ތުހުމަތަކީ މުސްލިމު އުންމަތަށް ކުރާ ޚިދުމަތަށް ގެއްލުންދިނުމަށް ކުރި ކަމެއް - ޝަހީމް

ރައްޔިތުންގެ މަޖްލީހުގެ ތިނަދޫ ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު، ޢަބްދުﷲ ޞަނީފް، ޑރ.ޝަހީމަށް އިޝާރާތް ކުރައްވައި، އޭނާއަކީ ދީނީ ހަރުކަށި ފިކުރަށް މީހުން ރެކްރޫޓް ކުރާ ޖަމާޢަތެއްގެ ލީޑަރެއްގެ ގޮތުގައި ސިފަކޮށް ރައްޔިތުންގެ މަޖްލީހުގައި ދެއްކި ވާހަކައަކީ، ޝަޚުޞިއްޔަތު ކަތިލުމަށް ދެއްކެވި ދޮގު ވާހަކަފުޅުތަކެއް ކަމަށް ވިދާޅުވެ، ޝަހީމް އެކަން ހަރުކަށި ޢިބާރާތުން ކުށްވެރިކޮށްފިއެވެ.

ޝަހީމް ވިދާޅުވީ، މިކަމަކީ ބައިނަލްއަޤުވާމީ މުޖުތަމަޢުގައި، އިސްލާމްދީނާއި މުސްލިމު އުންމަތަށް ޚިދުމަތްކުރުމަށް ޢަދާކުރަމުންދާ މަސްއޫލިތުގައި އެމަނިކުފާނަށް ގެއްލުންދިނުމަށް ޤަޞްތުގައި ދެއްކި ވާހަކައެއްކަމުގައި މާނަކުރައްވާ ކަމަށެވެ.

"މިހާތަނަށް ދިވެހިރާއްޖޭގެ ކަމާ ބެހޭ އެއްވެސް އިދާރާއަކުން މިފަދަ ކަމެއްގައި އަޅުގަނޑަށް ތުހުމަތުކޮށްފައިނުވޭ އަދި އަޅުގަނޑަކީ ފެށުނީއްސުރެ ދީނީ ހަރުކަށި ޢަމަލުތަކާ ދެކޮޅަށް ރާއްޖޭގައްޔާއި ބައިނަލްއަޤުވާމީ މުޖުތަމަޢުގައި ވަކާލާތުކުރަމުން ދާ މީހެއް."ޝަހީމް ފޭސްބުކްގައި ލިޔުއްވާފައިވެއެވެ.

ޝަހީމް ވިދާޅުވީ، ރާއްޖޭގެ ދީނީ އެއްބައިވަންތަކަން ޤާއިމުކޮށް އިސްލާމްދީނުގެ މެދުމިނުގެ ހަމަތައް ނަގަހައްޓަން ގިނަ މަސައްކަތްތަކެއްކޮށްފައިވާނެ ކަމަށާއި، މިކަމުގައި ދިވެހި ދައުލަތުގެ މުއައްސަސާތަކާއި ބައިނަލްއަޤުވާމީ މުއައްސަސާތައް ހެކިވާނެ ކަމަށެވެ.

"ސަނީފް ވާހަކަތަކަކީ ޙަޤީޤަތާ ޚިލާފު ވާހަކަތަކެއް. ޞަނީފްގެ ވާހަކަތަކަކީ އަޅުގަނޑުގެ ޝަޚުޞިއްޔަތު ކަތިލުމަށް ކުރިއަށް ރޭވިފައި ހުރި އެތައްކަމެއްގެ ފެށުންކަމުގައި ވެދާނެ." ޑރ.ޝަހީމް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖްލީހުގެ މެންބަރުންނަކީ ޒިއްމާދާރުބަޔަކަށް ވާންވާނެ ކަމަށާއި، މީހުންގެ ޝަޚުޞިއްޔަތު ކަތިލަން ދޮގު ވާހަކަތައް ދެއްކުމަކީ ރައްޔިތުންގެ މަޖްލީހުގެ މެންބަރުންގެ ކަރާމަތާ ގުޅޭ ކަމެއްނޫން ކަމަށްވެސް ޝަހީމް ވަނީ ވިދާޅުވެފައެވެ.

"ޙައްޤުތައް ހޯދައިދީ ޢަދުލުވެރިކަން ނަގަހައްޓަން އައި ބަޔަކު އެހެން ގޮތަކަށް ޢަމަލުކޮށް ބައެއްގެ އަބުރާއި އިންސާނީ ކަރާމަތާއި ޙައްޤުތައް ނަގާލައި ދުނިޔޭގައި އުޅެންވެސް އުނދަގޫ ކުރުމަކީ ދެރަވަރު ކަމެއް." ޝަހީމް އިތުރަށް ވިދާޅުވެފައެވެ.

ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަކީ އޯއައިސީގެ ސެކްރެޓްރީ ޖެނަރަލްގެ ޔޫސު ބިން އަހުމަދު އަލް އޮތައިމީންގެ ހާއްސަ އެޑްވައިޒަރެވެ.

މިލިޔުން ކިޔާލުމުން
2
ގުޅުންހުރި ލިޔުންތައް

6 Responses

  1. احمد

    Bayaku kithamme nuruhunas dr shaheemakee ahuremen loabivaa adhi islaamee dhuniye ah mash’hooru gadharu libivadaigen vaa beyfulheh.
    Saneefu fadha l*****eenee kithamme bayaku ethaaga ulheykan engey.

  2. މީހެއް

    Majileehuga thibey saneef fadha hahdhufahana alhaafaivaa harukashi amaluthah kuraameehun huhtuvan vejje.

  3. Arifa

    Majleehuga salsa eggai mikamah baarah edhumah saneefah dhannavan.

    2
    2
  4. Arifa

    Varah bodah thaaed

  5. އަނީސް

    އަޅުގަނޑު ހަމަ ވަރަށްބޮޑަށް ޑރ. ޝަހީމަށް ތާޢީދު.

    21
    2
    • Joos

      Hahdhu fahs lhaafa mivagutbuthibee majilis membaru

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ