ފުޅާ ދާއިރާއެއްގައި ރާއްޖޭގައި މަތީ ތަޢުލީމު ފޯރުކޮށްދޭ، ސައިރިކްސް ކޮލެޖުން އައްޑޫ ސިޓީގައި ޑިނގާ ފާމެއް ތަރައްގީކުރުމުގެ މަސައްކަތްތަކެއް ފަށައިފިއެވެ.
ސައިރިކްސްގެ ޗެއާމަން އަހުމަދު ޝަރީފް ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ، އައްޑޫ ސިޓީ ހުޅުމީދޫގައި ތަރައްޤީކުރާ ޑިނގާ ފާމަކީ ސައިރިކްސް ކޮލެޖްގެ ސީއެސްއާރުގެ ދަށުން ހިންގާ މަޝްރޫއެއް ކަމަށާއި، ހުރިހާ ޚަރަދެއްވެސް ކުރާނީ އެ ކޮލެޖުން ކަމަށެވެ.
"އައްޑޫ ސިޓީގެ ޖަމްއިއްޔާތަކާ ގުޅިގެން ޑިނގާ ފާމް ހިންގުމަށް ދިޜާސާ ކުރުމަށް މި ސެޕްޓެމްބަރު މަހު ތައިލޭންޑްގެ މާހިރުންގެ ޓީމެއް އައްޑޫ ސިޓީއަށް ޒިޔާރަތްކުރުމަށް ވަނީ ހަމަޖެހިފައި. ދިރާސާގެ ހުރިހާ ޚަރަދެއް ކުރާނީ ސައިރިކްސް ކޮލެޖްގެ ސީއެސްއާރުގެ ދަށުން." އަޙްމަދު ޝަރީފް ވިދާޅުވެފައިވެއެވެ.
#AdduCity #HulhuMeedhoo Jamiyya thakaa gulhigen Shrimp ? Farm hingumah beynunvaa diraasaa kurumah mi September mahu Thailand ?? ge maahirunge team eh AdduCity ah zuyaarah kurumah vanee hamajehifai, diraasaage hurihaa haradeh kuraanee #CyryxCollege ge #CSR ge dashun. @southforum2 pic.twitter.com/2IzGaobNgZ
— Ahmed Shareef (@shar_f) September 9, 2019
ޝަރީފް ވިދާޅުވީ، ތައިލޭންޑްގައި ތަރައްޤީކޮށްފައިވާފަދަ ޑިނގާ ފާމްތައް ރާއްޖޭގައި ހަދައި ކާމިޔާބު ކުރެވިދާނެ ކަމަށެވެ. އަދި ހުޅުމީދޫގައި ޑިނގާ ފާމް ހެދުމުގެ މަސައްކަތުގެ ދިރާސާތައް މިހާރު ކުރެވެމުންދާ ކަމަށާއި، ހުޅުމީދޫގެ ކުޅިތައް އެކަމަށް ބޭނުންކުރެވިދާނެ ކަމަށެވެ.
"މިކަމާބެހޭ ތަޖުރިބާކާރުން ވަރަށް އަވަހަށް އައްޑޫ ސިޓީއަށް ގެނެސް އޭނާގެ ދިރާސާއަށްފަހު މިކަމުގެ ޢަމަލީ މަސައްކަތް ފެށިގެންދާނެ." ޝާރީފްގެ ވިދާޅުވިއެވެ.
Addu HulhuMeedhoo gai Shrimp ? farm eh hedumuge masahkathuge dhiraasaa eh mihaaru midanee kuramun. HulhuMeedhoo ge kulhithah mikamah beynun kurevidaane. Mikamaabehey thajuribaakaareh varah avahah Addu ah genes eynaage diraasaa ah fahu, mikamuge amalee masahkah feshigendaane. pic.twitter.com/gsIyj6cRI0
— Ahmed Shareef (@shar_f) September 8, 2019
ޝަރީފް އިތުރަށް ވިދާޅުވީ، ޑިނގާ ފާމް ތަރައްޤީކޮށް ރާއްޖޭގެ ރިސޯޓްތަކަށާއި ރެސްޓޯރެންޓްތަކަށް ޑިނގާ ސަޕްލައި ކުރެވިދާނެ ކަމަށާއި، ހަމަ އެއާއެކު ބޭރު ޤައުމުތަކަށް އެކްސްޕޯޓްވެސް ކުރެވިދާނެ ކަމަށެވެ.
ދިވެހިރާއްޖެއަކީ މިފަދަ އިޤްތިޞާދީ މަސައްކަތްތަތައް ކުރެވިދާނެފަދަ ގުދުރަތީ ވަސީލަތްތައް ލިބިފައިވާ ޤައުމެއްކަން މިކަމުގެ ދިރާސާގައި ބައިވެރިވާ ތަޖުރިބާކާރުވެސް ވަނީ ފާހަގަކުރެއްވާފައެވެ.



