އިލެކްޝަންސް ކޮމިޝަނުގެ މެންބަރުން - ފޮޓޯ: އީސީ

50 މީހުން ރަޖިސްޓްރީ ކުރާ ރިސޯޓުތަކުގައި ވޯޓު ފޮށި ބަހައްޓަނީ

އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބްގައި 50 މީހުން ރަޖިސްޓްރީ ކުރާ ރިސޯޓުތަކުގައި ވޯޓު ފޮށި ބަހައްޓަން އިލެކްޝަންސް ކޮމިޝަނުން މިއަދު ނިންމައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިކަން ހާމަކޮށްފައިވަނީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

އެ ކޮމިޝަނުން ކުރެއްވި ޓްވީޓްގައި ބުނެފައިވާ ގޮތުގައި ރިސޯޓްތަކުގެ އިތުރުން 150 މީހުން ރަޖިސްޓްރީކުރާ ބޭރު ގައުމުތަކުގައި ވެސް ވޯޓު ފޮށި ބަހައްޓާނެއެވެ. އަދި މީގެ އިތުރުން 25 މީހުން ރަޖިސްޓްރީކުރާ ޖަލުތަކުގައި ވެސް ވޯޓު ފޮށިތައް ބެހެއްޓުމަށް ނިންމަވާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ހާމަކުރައްވާފައެވެ.

ލޯކަލް ކައުންސިލް އިންތިޚާބު އަންނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ނިންމާފައެވެ. ޕާޓީތަކުން ވަނީ އިންތިޚާބުގައި ނެރޭނެ ކެންޑިޑޭޓުން ހޯދުމުގެ މަސައްކަތް ފަށާފައެވެ. އެހެން ކައުންސިލް އިންތިޚާބު ތަކެކޭ ވެސް އެއްފަދައިން މި އިންތިޚާބަކީ ވެސް ވަރަށް ވާދަވެރި އިންތިޚާބަކަށް ވެގެންދާނެ ކަމަށް ބެލެވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ