ސިނަމާލެ ބްރިޖު މަތިން ފިރިހެނަކު ކަނޑަށް ފުންމާލައިފިއެވެ.
ސިނަމާލެ ބުރިޖުގެ މެދެއްހާތަނުން ކަނޑަށް ފުންމާލި ފިރިހެންމީހާ ސަލާމަތް ކޮށްފައިވަނީ، މޯލްޑިސް ޕޮލިސް ސަރވިސްގެ ލޯންޗަކުންނެވެ.
ސިނަމާލެ ބުރިޖު ސަރަހައްދުގައި މިފަދަ ހާދިސާއެއް ހިނގާފައިވާކަން މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވަނީ ކަށަވަރު ކޮށްދެއްވާފައެވެ. ނަމަވެސް ހާދިސާއާއި ގުޅޭގޮތުން ފުލުހުން އިތުރު އެއްޗެއް ވިދާޅެއް ނުވިއެވެ.
2018 ވަނަ އަހަރުގެ ތެރޭގައި ހުޅުވި ސިނަމާލެ ބުރިޖާއި ގުޅިފައިވާ ހައިވޭގައި ނުރައްކާތެރި އެތައް އެކްސިޑެންޓެއް ހިނގާފައިވާއިރު، ބުރިޖުން މީހަކު ކަނޑަށް ފުންމާލި ނުވަތަ ވެއްޓުނު މިއީ ފުރަތަމަ ފަހަރެވެ.




