ހުޅުމާލެ ހައިވޭގައި ނުރައްކާތެރި އެކްސިޓެންޓެއް ހިނގައިފިއެވެ.
މިރޭ މި އެކްސިޑެންޓް ހިނގާފައިވަނީ ބާރު ސްޕީޑްގައި ދުއްވާފައިދިޔަ ކާރެއް ކޮންޓްރޯލުން ނެއްޓިގެންނެވެ.
ދިވެހި ފުލުހުން ވިދާޅުވީ، މާލެއިން ހުޅުމާލެއަށް ބާރު ސްޕީޑްގައި ދުއްވާފައިދިޔަ ކާރެއް ކޮންޓްރޯލް ނުވެގޮސް ހައިވޭގެ ފެންސްގައި ޖެހި އެކްސިޑެންޓް ވެފައިވާކަމުގެ މަޢުލޫމާތު މިރޭ 21:40 ހާއިރު ލިބިފައިވާކަމަށެވެ.
Bridge mathee car eh control in nahtaigen goss accident eh hingaifi.
Ithuru mauloomaathu: https://t.co/qSwOyWp6Df pic.twitter.com/3VaHZYbsek
— #MvCrisis (@MvCrisis) January 29, 2022
"މި އެކްސިޑެންޓްގައި ކާރުގައިތިބި ދެމީހުންނަށް އަނިޔާވެފައިވޭ. އަނިޔާވެފައިވަނީ އަންހެނަކަށާއި ފިރިހެނަކަށް." ފުލުހުން ވިދާޅުވިއެވެ.
ފުލުހުން އިތުރަށް ވިދާޅުވީ، އެކްސިޑެންޓްގައި އަނިޔާވި ދެމީހުންނަށް ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާދެމުންދާއިރު، އެކްސިޑެންޓާއި ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުންދާ ކަމަށެވެ.