ރައީސުލްޖުމްހޫރިއްޔާ މަނަދޫއަށް ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިލަދުންމަޑުލު ދެކުނުބުރީ މަނަދޫއަށް މިއަދު ހަވީރު ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މަނަދޫއަށް ވަޑައިގެންނެވުމުން ޘަގާފީ ހަރަކާތްތަކުން އެރަށު ރައްޔިތުން ވަނީ އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ އެމަނިކުފާނުގެ އިސްތިޤްބާލުގައި ނުކުމެވަޑައިގަންފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅަކީ 'މިލަދެކުނު އަދަބީ ޢީދު 2019' ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވުމަށް މަނަދޫއަށް ކުރައްވާ ދަތުރުފުޅެކެވެ. މި ހަރަކާތަކީ ނ. އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން އަބަދަބީ އެކި ރޮނގުތަކުން ހޭލުންތެރިކުރުވުމަށް ކުރިއަށްގެންދެވުނު އަދަބީ ޢީދެކެވެ. މި އަދަބީ ޢީދު ފައްޓަވާފައި ވަނީ 12 ސެޕްޓެންބަރު 2019 ގައެވެ.

އެންމެ ފުރަތަމަ އަދަބީ ޢީދެއް ބާއްވާފައިވަނީ 2014 ވަނަ އަހަރުއެވެ. މިއީ މި ހަރަކާތް ބާއްވާ 5 ވަނަ ފަހަރެވެ. އެންމެ ފުރަތަމަ އަދަބީ ޢީދު ބާއްވާފައިވަނީ ހުވަދުއަތޮޅު އުތުރުބުރީގައެވެ.

އަދަބީ ޢީދު އަކީ މިނިސްޓްރީ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖުން ކޮންމެ އަހަރަކު ދިވެހިބަހާއި ޘަޤާފަތް ދިރުވާއާލާކުރުމަށް ކުރިއަށްގެންދާ ޙަރަކާތެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ