ދައުރުން ބޭރުގައި ބޭއްވި ޖަމިލީހުގެ ޖަލްސާގައި ރައީސް ނަޝީދު - ފޮޓޯ: މަޖިލިސް

ދައުރުން ބޭރުގައި ބާއްވާ ޖަލްސާތައް މިމަހުގެ 22 ގައި ފަށަނީ

ޓެރަރިޒަމްގެ ޤާނޫނު އިސްލާޙުކުރުމަށް ދައުރުންބޭރުގައި ބާއްވާ ޖަލްސާތައް މިމަހުގެ 22ގައި ފަށަން ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދު 89 ވަނަ މާއްދާގައި ބުނެފައިވާގޮތުން މަޖިލީހަށް ހުށަހެޅޭ ބިލެއްގެ ފުރަތަމަ ކިޔުން އިއްވުމަށްފަހު، ބަހުސް ފެށޭނީ ސާފު ހަތް ދުވަސް ފަހުންނެވެ.

ޓެރަރިޒަމްގެ ޤާނޫނު އިސްލާހުކުރުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި ބިލުގެ ފުރަތަމަކިޔުން މިމަހުގެ 12 ވަނަ ދުވަހު ބޭއްވި ދައުރުން ބޭރު ޖަލްސާގައި އިއްވާފައިވާއިރު، ބިލާމެދު މެމްބަރުންދެކޭގޮތް ހާމަކުރުމަށް ދެއްވި ފުރުސަތުގައި އެމްޑީޕީގެ މެމްބަރުންވަނީ ސަރުކާރުން ހުށަހެޅި އިސްލާޙުތަކަމާމެދު ވަރަށްބޮޑަށް ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އެގޮތުން މަޖިލިސް ޗުއްޓީއަށް ދިއުމުން ސަރުކާރުން މިބިލް ހުށަހެޅުއްވުމުގެ ސަބަބެއް ވިސްނިވަޑައިނުގަންނަވާކަމަށް ބައެއް މެމްބަރުން ވިދާޅުވިއެިރު، މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ މަޖިލިސް ހިނގަމުންދާނީ މަޖިލީހުގެ ޤަވާއިދާ ކަނޑައެޅިފައިވާ އިޖުރާއަތްތަކާ، އުސޫލުތަކާ އެއްގޮތަށްކަމަށެވެ.

ޓެރަރިޒަމްގެ ޤާނޫނަށް ހުށަހެޅި އިސްލާހުތަކުން ކޯޓު އުމަރެއް ނެތި ތަންތަން ބަލާ ފާސްކޮށް 48 ގަޑިއިރަށް މީހުން ބަންދުކުރުމުގެ ޖާގަ ލިބޭއިރު، ގިނަ ބަޔަކު ދަނީ އެ އިސްލާހުތަކަށް ފާޑުކިޔަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ