ޝަހުސު އޮޅުވަލައިގެން ރާއްޖެ އެތެރެވާން އުޅުނު ތިން ބިދޭސީއަކު އިމިގްރޭޝަނުން ހުއްޓުވައިފިއެވެ.
އިމިގްރޭޝަނުން ރޭ ވިދާޅުވީ، ސައްހަ ޕާސްޕޯޓަށް ބަދަލުގެނެސް ފޯޖުކޮށްގެންނާއި ނަކަލުކޮށްފައިވާ ކައުންޓާފިޓް ޕާސްޕޯޓު ބޭނުންކޮށްގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖެ އެތެރެވާން މަސައްކަތްކުރި ތިން ބިދޭސީއަކު ހުއްޓުވާފައިވާ ކަމަށެވެ.
Sahha passportah badhalu genesgennaai (forge), nakalu koffaivaa (counterfeit) passport beynun koggen Velana International Airport in Raajje etherevumah masakkaiykuri 3 bidheysee-eh Maldives Immigration in huttuvaifi. #RayyithugeKhidhumathuga#BorderSecurity pic.twitter.com/WuJYspaKa5
— Maldives Immigration (@ImmigrationMV) September 22, 2019
ޝަހުސު އޮޅުވާލައިގެން ރާއްޖެ އެތެރެވާން މަސައްކަތްކުރި ތިން މީހަކު ރޭ އިމިގްރޭޝަނުން ހިފެހެއްޓިއިރު، ގިނަ ބަޔަކު ދަނީ އޮޅުވާލައިގެން ރާއްޖެ އެތެރެވާން މަސައްކަތްކުރަމުންނެވެ.
އެގޮތުން މިމަހުގެ 20 ވަނަ ދުވަހު ޝަހުސު އޮޅުވާލައިގެން ރާއްޖެ އެތެރެވާން މަސައްކަތްކުރި މީހަކު ހިފަހައްޓާފައިވާއިރު، މިމަހުގެ 17 ވަނަ ދުވަހު އިތުރު މީހަކު ވަނީ ހިފަހައްޓާފައެވެ.
އިމިގްރޭޝަނުން ހާމަކޮށްފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، މިއަހަރުގެ މިހާތަނަށް ޝަހުސު އޮޅުވާލައިގެން 16 ފަރާތަކުން ރާއްޖެ އެތެރެވާން މަސައްކަތްކުރުމުގެ ތެރޭގައި އިމިގްރޭޝަނުން ވަނީ ހިފަހައްޓާފައެވެ.



