ސަޢޫދީގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި މިނިސްޓަރ ޝާހިދު ތަޙުނިޔާގެ މެސެޖެއް ފޮނުއްވައިފި

ކިންގަޑަމް އޮފް ސަޢޫދީ ޢަރަބިއްޔާގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ޢަބްދުﷲ ޝާހިދު، ސަޢޫދީ ޢަރަބިއްޔާގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ހިޒް އެކްސެލެންސީ ޑރ. އިބްރާހިމް ބިން ޢަބްދުލްއަޒީޒް އަލްއައްސާފް އަށް ތަޙުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ފޮރިން މިނިސްޓަރ ފޮނުއްވި މެސެޖުގައި ދިވެހިރާއްޖޭގެ ސަރުކާރައި، ރައްޔިތުންނާއި، އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، ސަޢުދީ ޢަރަބިއްޔާގެ ސަރުކާރާއި ރައްޔިތުންނަށް އަދި ފޮރިން މިނިސްޓަރަށް ތަޙުނިޔާ އަރިސްކުރައްވާފައިވެއެވެ.

އަދި ތަރައްޤީގެ ބައިވެރިންގެ ގޮތުގައި ދިވެހިރާއްޖެއާ ސަޢޫދީ ޢަރަބިއްޔާ އާއި ދެމެދު އޮންނަ ރަޙުމަތްތެރި ގުޅުން މުސްތަޤުބަލުގައި އިތުރަށް ބަދަހިވާނޭކަމަށް އުންމީދުކުރައްވާކަމަށާއި ދެޤައުމުގެ ރައްޔިތުންގެ ސަލާމަތާއި ފާގަތިކަމަށް އެކުއެކީ މަސައްކަތް ކުރައްވަމުން ގެންދަވާނެކަމުގައި ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ