އައްޑޫ ތާޝަރީ ހޮސްޕިޓާލުގައި ބަހައްޓާ ސީޓީ ސްކޭން މެޝިން - ފޮޓޯ: ފޭސްބުކް

އައްޑޫ ތާޝަރީ ހޮސްޕިޓާލުގައި ސީޓީ ސްކޭން މެޝިން ބަހެއްޓުމުގެ މަސައްކަތް ފަށައިފި

ތާޝަރީ ފެންވަރުގައި ތަރައްޤީކުރާ އައްޑޫ ސިޓީގެ ހިތަދޫ ހޮސްޕިޓަލްގައި ސީޓީ ސްކޭން މެޝިން ބެހެއްޓުމުގެ މަސައްކަތް ފަށައިފިއެވެ.

މި ހޮސްޕިޓަލަކީ އައިޖީއެމްއެޗު ފިޔަވައި ސަރުކާރުން ހިންގާ 100 އެނދުގެ ފުރަތަމަ ހޮސްޕިޓަލަށް ވާއިރު، ސިޓީ ސްކޭންއާއި އަލްޓްރާ ސައުންޑް އަދި އެމްއާރުއައި ގެ ޚިދުމަތްވެސް މި ހޮސްޕިޓަލުން ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ ސީޓީ ސްކޭން މެޝިނާއި، އަލްޓްރާ ސައުންޑް މެޝިނާއި، އެމްއާރުއައި މެޝިން ވެސް ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ.

ރައީސް ނަޝީދުގެ ވެރިކަމުގައި އަޅާފައިވާ އައްޑޫ ކޮންވެންޝަން ސެންޓަރު ތާޝަރީ ފެންވަރުގެ ހޮސްޕިޓަލަކަށް ބަދަލު ކުރުމަށް 171 މިލިއަން ރުފިޔާއަށް ރައީސް ޔާމީންގެ ވެރިކަމުގައި ވަނީ އެލިއާ އާއި ހަވާލު ކޮށްފައެވެ. އަދި އެ މަސައްކަތް 2018 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ނިޔަލަށް ނިންމުމަށް ކުރިން ވަނީ ހަމަޖެހިފައެވެ. ނަމަވެސް މަސައްކަތަށް ގެންނަން ޖެހުނު ބައެއް ބަދަލުތަކާހުރެ އެ މަސައްކަތް ނިންމުމަށް އެ ކުންފުންޏަށް ދީފައިވާ މުއްދަތު ފަހުން ވަނީ އިތުރުކޮށްދީފައެވެ.

މަސައްކަތް ނިންމައި މި މަހުގެ ކުރީކޮޅު އެކުންފުނިން ވަނީ ހޮސްޕިޓާ ހެލްތް މިނިސްޓްރީ އާއި ވަހަވާލުކޮށްފައެވެ. މިހާރު ކުރިޔަށް ދަނީ ހޮސްޕިޓަލަށް ބޭނުންވާ މެޝިނަރީ ގެނެސް އިންސްޓޯލު ކުރުމުގެ މަސައްކަތެވެ. މި މަސައްކަތް މިމަހުގެ ނިޔަލަށް ނިންމާގޮތަށް ހަވާލުކޮށްފައިވަނީ މެޑިޓެކް ކުންފުންޏާއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ