އިންޑިއާއިން ހިފެހެއްޓި ދިވެހި މަސް ދޯނި ދޫކޮށްލަން އިންޑިއާއިން ނިންމައިފި

އިންޑިއާގެ ކަނޑުގެ ސަރަހައްދުން އެޤައުމުގެ ކޯސްޓްގާޑުން ހިފެހެއްޓި "އަންބަރީ" ނަމަކަށް ކިޔާ ދިވެހި މަސް ދޯނި ދޫކޮށްލުމަށް އިންޑިއާގެ ސަރުކާރުން ނިންމައިފިއެވެ.

މި ދޯނި ދޫކޮށްލަން ނިންމާފައިވަނީ، ރާއްޖޭގެ މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްއިން އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއަރޒްއާއި ގުޅައިގެން، މިދޯންޏާއި ދޯނީގެ ފަޅުވެރިން މިނިވަންކުރުމަށް ކުރި މަސައްކަތުންނެވެ.

މިއަދުގެ ވަގުތެއްގައި މި ދޯންޏާއި، ދޯނީގައި ތިބި ފަޅުވެރިން ދޫކޮށްލުމަށް އިންޑިއާ ސަރުކާރުން ނިންމައި، އެކަން މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދަށް ދާދި ދެންމެ ވަނީ އަންގަވާފައެވެ.

"މި ފުރުސަތުގައި، އެހެން ޤައުމެއްގެ ކަނޑުގެ ސަރަހައްދުގައި ދިވެހި މަސްވެރި އުޅަނދުތައް ޙަރަކާތްތެރިވުމަކީ ޤާނޫނާއި ޤަވާޢިދާއި ޚިލާފު ކަމެއްކަން ފާހަގަކޮށް، މިކަމަށް ސަމާލުވުމަށް މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްއިން ދިވެހިރާއްޖޭގެ ސަރަހައްދުގައި މަސްވެރިކަންކުރާ އުޅަނދު ފަހަރުގެ ވެރިންނަށާއި، އުޅަނދުފަހަރު ދުއްވާ ފަރާތްތަކަށް އިލްތިމާސްކުރަން." ފޮރިންގ މިނިސްޓްރީން ވިދާޅުވިއެވެ.

11 މީހުންނާއެކު އިންޑިއާ ކަނޑުގެ ސަރަހައްދުން ދިވެހި މަސްދޯންޏެއް ހިފެހެއްޓިިއިރު، މީގެ ކުރިންވެސް މިފަދަ ހާދިސާތައް ހިނގާފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ