ބީއެމްއެލް އިން ހަދިޔާ ކުރި މޮޓޮރައިޒްޑް ވީލް ޗެއަރ - ފޮޓޯ: ދުވަސް

ބޭންކް އޮފް މޯލްޑިވްސް އިން 60 ފަރާތަކަށް ވީލްޗެއަރ ހަދިޔާ ކޮށްފި

ހިނގާ ބިނގާވެ އުޅުމުގައި ނުކުޅެދުންތެރިކަން ހުރި 60 މީހަކަށް ބީއެމްއެލް އިން ވީލްޗެއަރ ހަދިޔާ ކޮށްފިއެވެ.

"އަހަރެންގެ ބޭންކް" ގެ ނަމުގައި ބީއެމްއެލް އިން ކުރިޔަށް ގެންދިޔަ މި ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ދިރިއުޅޭ ފަރާތްތަކަށް ވަނީ މޮޓޮރައިޒްޑް ވީލްޗެއަރ ހަދިޔާކޮށްފައެވެ.

2017 ވަނަ އަހަރު ބޭންކް އޮފް މޯލްޑިވްސް އިން ފެށި މި ޕްރޮގްރާމްގައި ހިނގާބިނގާވެ އުޅުމުގެ ނުކުޅެދުންތެރިކަން ހުންނަ 76 ފަރާތަކަށް ވަނީ މޮޓްރައިޒްޑް ވީލްޗެއަރ ހަދިޔާކޮށްފައެވެ.

ވީލް ޗެއަރ ހަދިޔާކުރުމުގެ ޕްރޮގްރާމާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވެފައިވަނީ ބޭންކުން މުޖުތަމައަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އަބަދުވެސް ވަރަށް ބޮޑު އަހަމިއްޔަތުކަމެއްދޭކަމަށާއި މޮޓޮރައިޒްޑް ވީލްޗެއަރ ލިބުމުގެ ސަބަބުން ގިނަ ބައެއްގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް އައިސްފައިވާކަމަށެވެ.

މުޖުތަމައަށް އެހީތެރިވުމަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިންގަމުން އަންނަ ޕްރޮގްރާމް ތަކަށް ބޭންކް އޮފް މޯލްޑިވްސް އިން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ