ބައިނަލްޢަގްވާމީ އަންހެންކުދިންގެ ދުވަހުގެ މުނާސަބަތުގައި ޑިފެންސް މިނިސްޓަރު އަލްއުސްތާޛު މާރިޔާ އަޙްމަދު ދީދީ މިއަދު ކުރެއްވި ޓްވީޓްގައިވާ ފޮޓޯއިން ފެންނަނީ ހަނަފަސް ސަހަރާއެއްގެ ތެރޭގައި، މިނިވަން ޖައްވުގައި އެއްވެސް ހިފެހެއްޓުމެއްނެތިވާ މަންޒަރެވެ.
މި ފޮޓާއާއެކު ޑިފެންސް މިނިސްޓަރު މާރިޔާ ކުރެއްވި ޓްވީޓްގައި ބުނެފައިވަނީ، ބައިނަލްޢަގްވާމީ އަންހެންކުދިންގެ ދުވަހުގެ ތަހުނިޔާ އަރިސްކުރަން ކަމަށާއި، އަންހެންވަންތަކަންނެރި އުމުރަކަށް ނުބަލާ ނިކުމެ އުދުއްސައި ގަތުމަށްވެސް މި ޓްވީޓްގައި މިނިސްޓަރު ގޮވާލާފަވެއެވެ.
Unscripted & Unstoppable, whatever your age, unleash the Girl in you & FLY. Wishing all the girls out there a very Happy International Day of the girl ? ??#DayoftheGirl pic.twitter.com/LBEiR5Rgdy
— Mariya Didi ? (@MariyaDidi) October 11, 2019
މާރިޔާ ޓްވީޓް ކުރައްވާފައިވާ މި ފޮޓޯއަކީ އެކަމަނާ، ޔޫ.އޭ.އީއަށް ކުރެއްވި ދަތުރުފުޅުގައި ނަންގަވާފައިވާ ފޮޓޯއެއްކަމަށް ބެލެވެއެވެ.
View this post on Instagram#Sandboarding #FirstAttempt ??
A post shared by Mariya Didi (@mariya.didi) on
މެދުއިރުމަތީގައި ބާއްވާ އެންމެ ބޮޑު އެއް ޓެކްނޮލޮޖީ އެގްޒިބިޝަން ކަމަށްވާ “ގަލްފް އިންފޮމޭޝަން ޓެކްނޮލޮޖީ އެގްޒިބިޝަން – ޖައިޓެކްސް” ގައި ތަޤްރީރު ކުރެއްވުމަށް ލިބިވަޑައިގެންނެވި ދަޢުވަތަށް އެކަމަނާ ނިމިދިޔަ ހަފްތާގައި ވަނީ ދަތުރު ކުރައްވާފައެވެ.
މާރިޔާ ޔޫއޭއީއަށް ވަޑައިގެންނެވީ އެކަމަނާގެ ދަރިކަލުންނާއެކު އެވެ. އެކަމަނާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ދަތުރަށް ދައުލަތުން އެއްވެސް ފައިސާއެއް ހޭދަކޮށްފައި ނުވާކަމަށާއި، އެ ދަތުރުފުޅުގައި ބައިވެރިވެވަޑައިގެންނެވި "އާއިލާ މެމްބަރަކަށްވެސް" ދައުލަތުން ޚަރަދު ކޮށްފައި ނުވާނެ ކަމަށެވެ.





ހިޔާލު
tien engeynee bithu fangi negeema