3 ކޯޒްވޭއެއް ޑިޒައިންކޮށް އީއައިއޭ ހަދަން ބަޔަކާ ހަވާލުކޮށްފި

3 ކޯޒްވޭއެއް ޑިޒައިންކޮށް އީއައިއޭ ހަދަން ފޯރސައިޓް ސާރވެއާރސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފިއެވެ.

މިއަދު ހަވާލުކޮށްފައިވާ މި މަސައްކަތުގެ ކޮންޓްރެކްޓަގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ ގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލާ ޝާނާ ފާރޫޤްއެވެ. އަދި ފޯރސައިޓް ސާރވެއާރސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް އަޙްމަދު ނުއައިމްއެވެ.

60 ދުވަސް ތެރޭގައި ނިންމާ ގޮތަށް ހަވާލުކޮށްފައިވާ މި މަސައްކަތުގައި ކޯޒްވޭ ޑިޒައިންކޮށް އީއައިއޭ ހަދަން ހަމަޖެހިފައިވަނީ ލ. ހިތަދޫ - ލ. މާމެންދޫއާއި، ލ. ކަލައިދޫ - ލ. ދަނބިދޫ އަދި ލ. ކުނަހަންދޫ - ލ. މެންދޫ ގެ ކޯޒްވޭގެއެވެ.

މި މަސައްކަތް ފޯރސައިޓް ސާރވެއާރސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފައިވަނީ 388،916.12 ރުފިޔާއަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ