ތިން ކޯޒްވޭއެއް ޑިޒައިންކޮށް އީއައިއޭ ހަދަން އިންސާއާއި ހަވާލުކޮށްފި

ތިން އަތޮޅެއްގައި ހަދާ ތިން ކޯޒުވޭއެއްގެ އީއައިއޭ އާއި ޑިޒައިންގެ މަސައްކަތް ކުރުމަށް އިންސާ ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށް އެކަމުގެ އެއްބަސްވުންތަކުގައި އިއްޔެ ސޮއިކޮށްފިއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގައި އިއްޔެ ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި އެ މިނިސްޓްރީގެ ފަރާތުން ޑިރެކްޓަރ ޖެނަރަލް އަލްފާޟިލާ ފާތިމަތު ޝާނާ ފާރޫޤް ސޮއި ކުރެއްވިއިރު، އިންސާ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޕްރޮޖެކްޓް އިންޖިނިއަރ އަލްފާޟިލް ސާނީޒްއެވެ.

ތ.ވޭމަންޑޫއާއި ކިނބިދޫގެ ކޯޒްވޭ ޑިޒައިނާއި އީއައިއޭގެ މަސައްކަތް، 33 ދުވަހުން ނިންމުމަށް އިންސާ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވަނީ 185،000.60ރ އަށެވެ.

ގދ. ފަރަސްމާތޮޑާއާއި ފަރަސްމާތޮޑާ އެއަރޕޯޓް އަދި ގދ. މަޑަވެލި އާއި ހޯޑެއްދޫގެ ކޯޒްވޭ ޑިޒައިނާއި އީއައިއޭގެ މަސައްކަތް، 80 ދުވަހުން ނިންމުމަށް އިންސާ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވަނީ 174،661.50ރ އަށެވެ.

މ. މުލިއާއި ނާލާފުށީގެ ކޯޒްވޭ ޑިޒައިނާއި އީއައިއޭގެ މަސައްކަތް، 39 ދުވަހުން ނިންމުމަށް އިންސާ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވަނީ 210،000.33ރ އަށެވެ.

މި އެއްބަސްވުމުގެ ދަށުން މި ރަށްތަކުގެ ކޯޒްވޭ ހެދުމަށް ބޭނުންވާ ޑީޓެއިލްޑް ޑިޒައިނާއި، އެންވަޔަރަމެންޓަލް އިމްޕެކްޓް އެސަސްމަންޓް (އީއައިއޭ) ތައްޔާރުކުރުމުގެ މަސައްކަތް ކުރެވިގެންދާނެކަމަށް ޕްލޭނިންގ މިނިސްޓްރީން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ