އިންޑިއާގައި ކުރިއަށްދިޔަ "އެކްސަސައިޒް އެކުވެރިން 2019" ގެ ތަމްރީނުތައް ނިންމާލައިފި

އިންޑިއާ އަސްކަރިއްޔާ އާއި ދިވެހި އަސްކަރިއްޔާ ގުޅިގެން އިންޑިއާގެ ޕޫނޭގައި ކުރިއަށްދިޔަ "އެކްސަސައިޒް އެކުވެރިން 2019" ގެ ތަމްރީނުތައް މިއަދު ނިންމާލައިފިއެވެ.

މި މަހުގެ 7 އިން 20 އަށް އިންޑިއާގެ ޕޫނޭގައި ކުރިއަށްދިޔަ މި ތަމްރީނުތަކަކީ ދިވެހިރާއްޖެއާއި އިންޑިއާ އަސްކަރިއްޔާގެ މެދުގައި އުފެދިފައިވާ އަސްކަރީގުޅުން އިތުރަށް ބަދަހި ކުރުމާއި ކައުންޓަރ ޓެރަރިޒަމާއި ކައުންޓަރ އިންސަރޖެންސީ ފަދަ އޮޕަރޭޝަންތައް ދެޤައުމުގެ އަސްކަރިއްޔާ ގުޅިގެން ހިންގުމުގެ ހުނަރާއި ތަޖުރިބާ ހޯދުމުގެ މަޤްޞަދުގައި ކުރިއަށްގެންދިޔަ އެކްސަސައިޒެކެވެ.

މި ތަމްރީނުތައް އޮބްޒަރވްކުރެއްވުމަށް އިންޑިއާއަށް ވަޑައިގެންނެވި މެރިންކޯގެ ކޮމަޑާންޓް ބްރިގޭޑިއަރ ޖެނެރަލް ވައިސް ވަޙީދު ވަނީ މިއެކްސަސައިޒް ނިންމުމުގެ ގޮތުން މިއަދު ބޭއްވި ހާއްޞަ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަންނަވާފައެވެ. އަދި ދިވެހި ސިފައިންގެ ކޮންޓިންޖެންޓާ ބައްދަލުކުރައްވައި ތަމްރީނުތައް ކުރިއަށްދިޔަ ގޮތާ ބެހޭގޮތުން މަޢުލޫމާތު އޮޅުންފިލުއްވާފައެވެ.

މިއެކްސަސައިޒުގައި ކިޔަވައިދެއްވީ ދެ ޤައުމުގެ އަސްކަރިއްޔާގެ ތަޖުރިބާކާރު މުދައްރިބުންނެވެ.

2009 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ކޮންމެވެސް އެއް ޤައުމެއްގައި ބާއްވަމުން އަންނަ މި އެކްސަސައިޒް މިދިޔަ އަހަރު ބޭއްވިފައިވަނީ އެމްއެންޑީއެފް ނޮދަން އޭރިއާ ހެޑްކްއޯޓަރޒް ޅ.މާފިލާފުށީގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ