މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ، އޮސްޓްރޭލިޔާގެ މިނިސްޓަރ ފޮރ ޑިފެންސް ލިންޑާ ރެނޯލްޑްސާ ބައްދަލުކުރައްވައިފިއެވެ.
ދިވެހިރާއްޖޭގެ ޑިފެންސް މިނިސްޓްރީން ވިދާޅުވީ، މި ބައްދަލުވުން ބާއްވާފައިވަނީ އޮސްޓްރޭލިޔާގެ ވެރިރަށް ކެންބެރާގައި ކަމަށެވެ.

މި ބައްދަލުވުމުގައި، ދެޤައުމުގެ ދިފާޢީ ވަޒީރުންވަނީ، އޮސްޓްރޭލިޔާ އާއި ދިވެހިރާއްޖެ ހިމެނޭ އިންޑޯޕެސިފިކް ސަރަޙައްދަކީ ރައްކާތެރި ސަރަޙައްދެއްގެ ގޮތުގައި ބޭއްވުމަށް މަސްވަރާ ކުރެވުނު ކަމަށް ޑިފެންސް މިނިސްޓްރީން ވިދާޅުވިއެވެ.
މީގެ އިތުރުން ދެޤައުމުގެ ޑިފެންސް ސެކްޓަރގެ ގުޅުން އިތުރަށް ފުޅާކޮށް، ބަދަހިކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައި ވާކަމަށްވެސް އެމިނިސްޓްރީން ވިދާޅުވިއެވެ.



