ރެއަލްމެޑްރިޑްގެ މެދުތެރެއަށް ކުޅެމުން އަންނަ ލުކަ މޮޑްރިޗް އިޓަލީއަށް ބަދަލުވާން އުޅޭކަހަލަ އިޝާރާތެއް ދީފިއެވެ.
އުމުރުން 34 އަހަރުގެ މޮޑްރިޗް މެޑްރިޑާއެކު ހަދާފައިވާ އެއްބަސްވުން މިސީޒަންގެ ނިޔަލަށް ހަމަވާއިރު، އޭނާ އެހެން ކްލަބަށް ބަދަލުވާން އުޅޭ ވާހަކަތައްވަނީ މީޑިއާތަކުގައި ފެތުރިފައެވެ. އެންމެ ފަހުގެ ބެލެންޑޯ އެވޯޑް ކާމިޔާބުކުރި މޮޑްރިޗް މިދިޔަ އަހަރު އިންޓަރ މިލާންއަށް ބަދަލުވާން އުޅޭ ވާހަކަތައް ފެތުރިފައިވާއިރު، މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާގައި އެންމެ ބޮޑަށް ދެކެވުނީ އޭނާ ޕީއެސްޖީއަށް ބަދަލުވާން އުޅޭ ވާހަކައެވެ.
"އިޓަލީ ކޮރޭޝިއާއާއި ކައިރީގައި އޮންނާތީ އަހަރެންނަށް އިޓަލީ ވަރަށް ކަމުދޭ. ޤައުމީ ޓީމުގެ ގިނަ ކުޅުންތެރިން ސެރިއޭ ކުޅޭތީ އެލީގު މެޗުތައް ވަރަށް ގިނައިން ބަލަން." މޮޑްރިޗް ބުންޏެވެ.
މީގެއިތުރުން މޮޑްރިޗް ބުނީ، އިޓާލިއަން ސީރީއާއާއި ކޮރޭޝިއާގައި ކުޅޭ ފުޓްބޯޅައާއި އެއްގޮތްކަމެއް ހުންނަކަމަށާއި، އެއްދުވަހަކުން އަދި އިޓަލީއަށް ބަދަލުވެވޭނެމަ އެދުވަސްވެސް ފެންނާނެކަމަށް އުންމީދުކުރާކަމަށެވެ.
އަދި މިހާރު އޭނާއަކީ ރެއަލްމެޑްރިޑްގެ ކުޅުންތެރިއެއް ކަމަށާއި އެހެންކަމުން މުސްތަޤްބަލް އޮތީ ރެއަލްމެޑްރިޑްގައިކަމަށްވެސް މޮޑްރިޗް ބުންޏެވެ.
މިއީ މޮޑްރިޗް ރެއަލްމެޑްރިޑްގައި ހޭދަކުރާ 8 ވަނަ ސީޒަންއެވެ. މިދުވަސްތަކުގައި މޮޑްރިޗްވަނީ ރެއަލްމެޑްރިޑާއެކު 1 ލަލީގާ އަދި ހަތަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައެވެ.




ހިޔާލު
ސީރިއާ؟؟؟؟ އެއީ ޤައުމެއް އިޓަލީ ލީގަށް ކިޔަނީ ސެރިއޭ ނުނީ ސެރިއްޔާ ޥެސް ކިޔިދާނެ އެކަމު ސީރިއާ އެކޭ ޏުކިޔާނެ.. ފުކެއް ބޮޑުވަރުތިޔައީ