އައްޑޫ ސިޓީ ކައުންސިލް ހުންނަ އިމާރާތް | ފޮޓޯ: މިހާރު

އައްޑޫ ސިޓީން ކަރަންޓް ކެނޑިއްޖެ

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން މިއަދު ކަރަންޓު ކަނޑިއްޖެއެވެ. ކަރަންޓް ކެނޑިފައިވަނީ މިއަދު މެންދުރު 13:40 ހާކަންހާއިރުއެވެ.

ކަރަންޓް ކެނޑިފައިވަނީ ޕެނަލް ބޯޑަކަށް ދިމާވި މައްސަލައަކާ ގުޅިގެންނެވެ. މައްސަލަ ޙައްލުކުރުމަށް ފެނަކައިން ދަނީ މަސައްކަތް ކުރަމުންނެވެ.

އައްޑޫގެ ކަރަންޓްގެ ހާލަތު ރަނގަޅު ކުރުމަށް ސަރުކާރުން ވަނީ ބިޔަ މަޝްރޫއެއްވެސް ފަށައިފައެވެ. އެގޮތުން ޗައިނާގެ ކުންފުންޏަކަށް 570 މިލިއަން ރުފިޔާގެ ބޮޑު މަޝްރޫއެއް ވަނީ މިދިޔަ މަހުގެ ތެރޭގައި ހަވާލުކޮށްފައެވެ.

ކަރަންޓްގެ މައްސަލައަކީ އައްޑު ސިޓީއަށް ދިމާވެފައިވާ ބޮޑު މައްސަލައަކަށްވާއިރު، ސެޕްޓެންބަރުމަހުގެ ތެރޭގައި އައްޑޫއިން ގިނަ ވަގުތަކަށް ކަރަންޓްކެޑި ގިނަ ރައްޔިތުން ތަކެއްގެ ކަންބޮޑުވުންވެސްވަނީފާޅުކޮށްފައެވެ.

އެގޮތުން އައްޑޫއަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލަތައް ޙައްލުކުރުމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވަނީ ފެނަކައިގެ އެމްޑީއާއިވެސް ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމަށްފަހު ރޮޒައިނާ ވިދާޅުވެފައިވަނީ އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުން ބޮޑު މަސައްކަތްތަކެއް ކުރަމުންދަކާކަމަށާއި އެއާއެކު ކަރަންޓުގެ މައްސަލަތަކަށް ޙައްލެއް ލިބިގެންދާނެކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ