ރައީސް ޞޯލިޙް - ފޮޓޯ: ރައީސް އޮފީސް

މި ވެރިކަން ނިންމަން މަޖިލީހަށް ޤަރާރެއް ވައްދައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހްގެ ވެރިކަން ނިމުމަކަށް ގެނެސް އައު ރިޔާސީ އިންތިޚާބެއް ބޭއްވުމަށް ބާރުއަޅައި ރައްޔިތުންގެ މަޖިލީހަށް ޤަރާރެއް ހުށަހަޅައިފިއެވެ.

ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު މި ޤަރާރު މިއަދުގެ ވަގުތެއްގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާކަމުގެ މަޢުލޫމާތު ލިބިފައިވާއިރު، އެ ޤަރާރުގެ ކޮޕީ ދަނީ މީސްމީޑިއާގައި ދައުރުވަމުންނެވެ.

މީސްމީޑިއާގައި ދައުރުވާ ޤަރާރުގައިވަނީ، 2018 ވަނަ އަހަރު ބޭއްވުނު ރިޔާސީ އިންތިޚާބުގައި މިހާރުގެ ރައީސް ޞާލިހު އިންތިޚާބު ވެފައިވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއާއި ޚިލާފަށް، ބޭއްވުނު ރިޔާސީ އިންތިޚާބަކުން ކަމަށްވާތީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގައި ކަނޑައަޅައި، ބަޔާންވެގެންވާ ގޮތުގެމަތިން ސިޔާސީ ޕާޓީތަކުގެ އެންމެހާ ލީޑަރުންނަށް ވާދަ ކުރެވޭނެ ގޮތުގެމަތިން އަލުން މިނިވަން ރިޔާސީ އިންތިޚާބެއް ބޭއްވޭނެ ގޮތުގެމަތިން ކުރައްވަންޖެހޭ މަސައްކަތްތައް މިހިނދުން މިހިނދަށް ފައްޓަވައި، އަވަސް މުއްދަތެއްގައި އަލުން ރިޔާސީ އިންތިޚާބެއް ބޭއްވުމަށް އިލެކްޝަން ކޮމިޝަންގެ މައްޗަށް ލާޒިމުކޮށް ޤަރާރެއް ފާސްކުރުމަށް ބާރުއަޅާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންވެސް ކާށިދޫ ދާއިރާގެ މެންބަރު ޖާބިރުވަނީ ރައީސް ސޯލިހް ރައީސްކަމުގެ މަގާމުން އިސްތިއުފާދިނުމަށް ގޮވާލައްވައިފައެވެ. ޖާބިރު ވިދާޅުވީ، ރައީސް ޞޯލިޙް ވެރިކަމަށް ގެނައީ ކުރު މުއްދަތަކަށް ކަމަށާއި، އެވެސް ކަންކަން އިސްލާހުކޮށް އިންތިޚާބެއް ބާއްވާ ގޮތަށް ކަމަށެވެ.

މިފަހަކަށް އައިސް ޖާބިރު އަންނަނީ ރައީސް ސޯލިހްއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

5 Responses

  1. ސާބަހޭ

    ސާބަހޭ ލީޱަރ ޖާބެ އަވަސްކޮށްބަލަ އެއްބުރުން ނިންމާނީ އަވަސްކުރޭ ސާބަސްޖާބެއައް

  2. Da maan

    Hama heyokoh chabunee. Avahah aa inthihaabeh baanvaa.

  3. އަހުމަދުރުޝްދީ

    އަބުދުއްﷲޖާބި ރުއައް ދައްނަވަން ޖެހޭނީ
    މަނިކުފާނާއި ހޮނޑާދޫގައި ހިނގާދިޔަ
    ކަންތައްތައް ތިގަ ރާރ ރު ގައިސާފުކު ރެވެން
    ޖެހޭނެ ހެއްކާއި ގަ ރީނާއާއި އެކު

    1
    2
  4. Ha ha ha

    Jaabiroo, kaley ehcheh boibala,,,

  5. މުބާސިރު

    ލޮލީ
    މޮޔަ ވީތަ..!!

    2
    1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ