އަނެއްކާވެސް ވަގަށް ރާއްޖެ އެތެރެވާން އުޅުނު މީހަކު ހުއްޓުވައިފި

ޕާސްޕޯޓް ނަކަލުކޮށްގެން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ރާއްޖެ އެތެރެވާން މަސައްކަތް ކުރި މީހަކު މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ހުއްޓުވައިފިއެވެ.

އިމިގްރޭޝަނުން ވިދާޅުވީ، މިއަދު ހުއްޓުވާފައިވަނީ 27 އަހަރުގެ ބިދޭސީ ފިރިހެނެއް ކަމަށެވެ. ނަމަވެސް އެމީހާއާއި ގުޅޭ އިތުރު މަޢުލޫމާތެއް އިމިގްރޭޝަނުން ހާމަކޮށްފައެއްނުވެއެވެ.

"ނަކަލުކޮށްފައިވާ ޕާސްޕޯޓެއް ބޭނުންކޮށްގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖެ އެތެރެވުމަށް މަސައްކަތްކުރި 27 އަހަރުގެ ބިދޭސީ ފިރިހެނެއް މޯލްޑިވްސް އިމިގްރޭޝަނުން ވާނީ ހުއްޓުވާފައި." އިމިގްރޭޝަނުން ވިދާޅުވިއެވެ.

މިއަހަރުގެ މިހާތަނަށް އައިއިރު ގިނަ ބަޔަކު ސަޙްސުއޮޅުވާލައިގެން ރާއްޖެ އެތެރެވާން މަސައްކަތްކުރުމުގެ ތެރޭގައި އިމިގްރޭޝަނުން ހިފަހައްޓާފައިވާއިރު، ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލުމުން ޝަހްޝު އޮޅުވާލައިގެން އަލުން އެތެރެވުމަކީ އާންމުކޮށް ހިނގާ ކަމެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ