ރައްޔިތުންގެ މަޖިލިސް - ފޮޓޯ: މަޖިލިސް

މަޖިލީހުގެ ތިންވަނަ ދަޢުރުވެސް ދިގުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދަޢުރު ދިގު ކުރަން މަޖިލީހުން ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދަޢުރު އޮންނާނީ ނޮވެމްބަރު މަހުގެ ނިޔަލަށެވެ. ނަމަވެސް މަޖިލީހުގެ ދަޢުރު ވަނީ ޑިސެންބަރު 5 ވަނަ ދުވަހުގެ ނިޔަލަށް ދިގުކޮށްފައެވެ. މިގޮތަށް ދައުރު ދިގު ދަންމާލަން ނިންމާފައި މިވަނީ މަޖިލީހަށް މިވަގުތު ހުށައެޅިފައިވާ މުހިއްމު ބިލްތަކާއި މަސައްކަތްތައް ނިންމުމުގެ ގޮތުންނެވެ.

ރައްޔިތުންގެ މަޖިލީހުގައި ގިނަ މަސައްކަތްތަކެއް ކުރަން ހުރުމުން، މަޖިލީހުގެ ތިން ވަނަ ދަޢުރު ދިގު ދަންމަން ހުށައަޅާފައިވަނީ ރިޔާސަތުންނެވެ. މި ހުށައެޅުން ފާސްވެފައިވަނީ ވޯޓްގައި ބައިވެރިވި 32 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. އަދި މި ހުށައެޅުމާއި ދެކޮޅަށް ވޯޓް ދީފައިވަނީ ދެ މެންބަރުންނެވެ.

މަޖިލީހުގެ މިއަހަރުގެ ތިން ވަނަ ދަޢުރު ނިމެން ކައިރިވެފައިވާއިރު އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށައަޅާފައިވާ ބަޖެޓް އަދި އޮތީސް ފާސްނުކޮށެވެ.

މަޖިލިހުގެ ގަވާއިދު ބުނާގޮތުން މަޖިލީހުގެ ފުރަތަމަ ދައުރަކީ ކޮންމެ އަހަރެއްގެ ފެބްރުއަރީ މަހުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށެވެ. ދެ ވަނަ ދައުރަކީ ޖޫން މަހުން ފެށިގެން އޮގަސްޓްގެ ނިޔަލަށެވެ. ތިން ވަނަ ދައުރު ކުރިޔަށް ދާނީ އޮކްޓޯބަރ މަހާއި ނޮވެމްބަރު މަހުގެ ތެރޭގައެވެ.

ތިންވަނަ ދަޢުރު ދިގުކުރަން ފާސްކޮށްފައިވާ އިރު، މިއަހަރުގެ މަޖިލީހުގެ ދެވަނަ ދަޢުރުވެސް ވަނީ ދިގުކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ