މަޖިލީހުގެ ތިންވަނަ ދައުރަށް އަނެއްކާ ދެ ދުވަސް އިތުރުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރު އަނެއްކާ ދެ ދުވަހަށް އިތުރުކޮށްފިއެވެ.

މިދައުރަށް އަނެއްކާވެސް ދެ ދުވަސް އިތުރުކުރަން ފާސްކުރީ މިއަދުގެ ޖަލްސާގައި އެ ކަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 61 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. ދައުރު އިތުރުކުރަން ނުފެންނަ ކަމަށް ދެ މެންބަރަކު ވޯޓު ދެއްވި އިރު، ވަކި ކޮޅަކަށް ވޯޓު ދެއްވަން ބޭނުންނުވި މެންބަރަކު އިންނެވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުން ހިނގަމުން މިދާ ތިންވަނަ ދައުރުގެ މުއްދަތު މިދިޔަ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ހަމަވާނެއެވެ. އެހެންނަމަވެސް އެހާތަނަށް މަޖިލީހުގައި މުހިއްމު މަސައްކަތްތަކެއް ނުނިމި ހުރުމާ ގުޅިގެން މަޖިލީހުގެ މިދައުރުގެ މުއްދަތު އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް އިތުރުކުރަން މަޖިލީހުން ފާސްކުރީ މިދިޔަ އަންގާރަދުވަހުއެވެ. އެއާއެކު ކުރިންއޮތީ މިހާރު ހިނގަމުންދާ ދައުރުގެ މުއްދަތު އޮތީ ޑިސެމްބަރު މަހުގެ ފަސްވަނަ ދުވަހާއި ހަމައަށެވެ.

އެހެންނަމަވެސް މިއަދުގެ ޖަލްސާގައިވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ ޖަލްސާތައް މިމަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ނިންމާފައެވެ. މިގޮތަށް ނިންމާފައި މިވަނީ މުހިއްމު ސައްކަތްތަކެއް މަޖިލީހަށް ހުށަހެޅި އަދި ނިންމާލެވިފައި ނުވާތީ މަޖިލީހުގެ ދައުރު އިތުރުކުރަން ބޭނުންވާ ކަމަށް މަޖިލީހުންބުނެއެވެ.

މަޖިލީހުގައި މިހާރު ފާސްނުކުރެވި އޮތް މަސައްކަތްތަކުގެ ތެރޭގައި އަންނަ އަހަރަށް ލަފާ ކުރާ 37.8 ބިލިއަން ރުފިޔާގެ ދައުލަތުގެ ބަޖެޓާއި، އިންކަމް ޓެކްސްގެ ބިލާއި، ގާނޫނު އަސާސީގެ ލާމަރުކަޒީ ބާބަށް އިސްލާހު ގެނައުމުގެ ބިލާއި ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ހިމެނެ އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ