ހިތަދޫ ޕޯޓް ލިމިޓެޑްގެ ބަނދަރުގައި ކެނޑައިގެން ވެއްޓިފައި ހުރި ޓަޔަރތައް ނަގައިފި

ހިތަދޫ ޕޯޓް ލިމިޓެޑްގެ ބަނދަރުގައި ކަނޑައިގެން ގޮސްފައި ހުރި ޓަޔަރ ފެންޑަރތައް ނަގައިފިއެވެ.

މި މަސައްކަތް ކޮށްފައިވަނީ އެމްއެންޑީއެފް ސައުތު އޭރިއާ ކޯސްޓްގާޑް ސްކޮޑްގެ އެހީތެރިކަމާއެކުގައެވެ. އެމްއެންޑީއެފް އިން ވިދާޅުވެފައި ވަނީ ހިތަދޫ ޕޯޓް ލިމިޓެޑް ގެ ބަނދަރުގައި ކަނޑައިގެން ވެއްޓިފައި ހުރި ޓަޔަރ ފެންޑަރ ތައް ނެގުމަށްޓަކައި އެމްއެންޑީއެފް ސައުތު އޭރިއާ ކޯސްޓްގާޑް ސްކޮޑުގެ އެހީތެރި ވެފައިވާކަމަށެވެ.

އައްޑޫ ސިޓީގައި ޤާއިމް ކޮށްފައިވާ ހިތަދޫ ރީޖަނަލް ޕޯޓްގެ ޚިދުމަތް ފަށާފައިވަނީ ޖުލައި 2009 ގައެވެ. މިއީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ތަރައްޤީ ކުރި ދެވަނަ ޕޯޓް އެވެ.

އެމްއެންޑީއެފް ސައުތު އޭރިއާ ކޯސްޓްގާޑް ސްކޮޑް އިން ކުރި މަސައްކަތުން ވަނީ އެ ޕޯޓްގެ ބަނދަރުގައި ހުރި ގިނަ އަދަދެއްގެ ޓަޔަރތަކެއް ނަގާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ