ހުޅުމާލެ ހޮސްޕިޓަލް | ފޮޓޯ : ސަން އޮންލައިން

އާސަންދަ ކުންފުނިން ހުޅުމާލެ ހޮސްޕިޓަލް ހިންގުން ހުއްޓާލައިފި

އާސަންދަ ކުންފުނިން ހިންގަމުން ގެންދިޔަ ހުޅުމާލެ ހޮސްޕިޓަލް ހިންގުން އެކުންފުނިން ހުއްޓާލައިފިއެވެ.

އާސަންދަ ކުންފުނީގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިއަދުން ފެށިގެން އާސަންދަ ކުންފުނުން ހުޅުމާލެ ހޮސްޕިޓަލް ހިންގުން ހުއްޓާލާފައި ވާކަމަށެވެ.

މިއަދުން ފެށިގެން ހުޅުމާލެ ހޮސްޕިޓަލް ހިންގުން ހުއްޓާލެއްވުމަށް ރައީސް އޮފީހުން އެކުންފުންނަށް ވަނީ ނޯޓިސް ފޮނުއްވާފައި ކަމަށް އެކުންފުނީގެ މީޑިއާ އޮފިޝަލް ވަނީ މަޢުލޫމާތު ދެއްވާފައެވެ. ކުންފުންޏަށް ރައީސް އޮފީހުން ނޯޓިސް ފޮނުވީ މިދިޔަ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ. އެހެންނަމަވެސް ހުއްޓާލަން ނިންމެވި ވަކި ސަބަބެއް ސަބަބެއް މީޑިއާ އޮފިޝަލް ހާމައެއް ނުކުރައްވައެވެ.

ހުޅުމާލޭ ހޮސްޕިޓަލުގެ ހިންގުމާ ދެން ހަވާލުވާނީ ކޮންބައެއް ކަމެއް ހެލްތު މިނިސްޓްރީން އަދި ނުބުނެ އެވެ. މިނިސްޓްރީންވެސް މިކަމާއިގުޅިގެން އަދި ރަސްމީ އެއްވެސް ވާހަކައެއް ނުދައްކަވައެވެ.

ހުޅުމާލޭ ހޮސްޕިޓަލުގެ ހިންގުން އާސަންދަ ކުންފުންޏާ ހަވާލުކުރީ 2016 އޭޕްރީލް ތިން ވަނަ ދުވަހު އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ