ދޭނެ ކުއްޔަކަށް ކޮޓަރި ކުއްޔަށް ދިނުމަކީ މާލޭގެ ބިންވެރިންގެ ޙައްޤެއްކަމުގައި މަޖިލީހުގެ ކުރީގެ މެންބަރު އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.
އަލްހާން މިހެން ވިދާޅުވެފައި މިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް، އިންކަމް ޓެކްސްގެ ބިލް ތަސްދީގު ކުރެއްވުމާ އެކު މާލޭގެ އިމާރާތްތަކުގެ ކުލި ބޮޑުކުރަމުންދާ ޝަކުވާތައް އިތުރުވެފައިވާ ދުވަސް ވަރެއްގައެވެ.
އަތޮޅުތެރޭގެ ގިނަ ބަޔަކު މާލޭގައި ބޮޑެތި ކުލީގައި އުމުރު ދުވަސް ހޭދަކުރަމުންދާއިރު، މާލޭގެ ގެދޮރުގެ ކުލީގެ މައްސަލައަކީ ޒަމާނުއްސުރެ މުޅި ދިވެހި ރައްޔިތުންގެ ޝަކުވާއަކަށްވެފައިވާ ކަމެކެވެ. ތަޢުލީމް ހާޞީލް ކުރުމަށާއި ބޭސްފަރުވާއަށް ގިނަ ބަޔަކު މާލޭގައި ބޮޑު ކުލީގައި ދަނީ ދިރިއުޅެމުންނެވެ.
މާލޭގެ ކުލީގެ މައްސަލައަށް ހައްލެއް ހޯދުމަށް ގިނަ ބަޔަކު އެދިއެދި ހުރިއިރު، އިންކަމް ޓެކްސްއާއެކު މާލޭގެ ގެދޮރުގެ ކުލިވެސް ބޮޑު ކުރަމުންދާ މައްސަލަ ވަނީ ފެންމަތިވެފައެވެ.
މިކަމާއި ގުޅިގެން އަލްހާން ފަހުމީ ވިދާޅުވެފައިވަނީ ދޭނެ ކުއްޔަކަށް ކޮޓަރި ކުއްޔަށް ދިނުމަކީ މާލޭގެ ބިންވެރިންގެ ޙައްޤެއްކަމަށާއި، މާލޭ ދަފްތަރުގައިވާ 7000 އަށް ވުރެ ގިނަ ގެދޮރު ނެތް މާލޭ ރައްޔިތުންނަށްވެސް ގޮތެއް ދައްކަންޖެހޭކަމަށެވެ.
"ދިރިއުޅެން ދީފައިވާ ބަންޑާރަ ބިމުގެ ކުލި ކޮންޓްރޯލް ނުކޮށް އިޖްތިމާއީ އަދާލަތާއި ރައްކާތެރިކަމެއް ނުދެވޭނެ!" އަލްހާން ވިދަޅުވިއެވެ.
ބޭސްފަރުވާއަށް މާލެދާންޖެހޭ ފަރާތްތަކަށް ބޭސްފަރުވާ ކުރުމަށްގޮސް މާލޭގައި ހިލޭ ހުރެވޭނެ ގޮތް ވާނެކަމަށް މަޖިލިސް ކެމްޕެއިންގައި ސަރުކާރުން ވަނީ ވަޢުދުވެފައެވެ.
މާލޭގެ ކުއްޔާއި ބެހޭ ގޮތުން ވާހަކަ ދައްކަވާފައިވާ ފާހަގަ ކޮށްލެވޭ ބައެއް ފަރާތްތަކަށް ބަލާލާއިރު ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުގައި ކުރިން ހުންނެވި ޝިފާގް މުފީދު (ހިސްޓޯ) ވިދަޅުވެފައިވަނީ ސަރުކާރުން ރައްޔިތުންނަށްދޭ ގޯތިން ޤާނޫނު ހުއްދަކުރާ ކޮންމެ މަންފާއެއް ލިބިގަތުމުގެ ފުރިހަމަ އިޚްތިޔާރު ލިބިދޭކަަށެވެ.
މީގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ގެ ސަރުކާރުގައި ގެދޮރުގެ ކުއްޔަށް ހައްލެއް ހޯދައިދެވޭނެ ގާބިލުކަމެއް ނެތް ކަމަށް ޕީ.ޕީ.އެމް ގެ ވައިސް ޕްރެސިޑެންޓް އަދި ނައިފަރު ދާއިރާގެ މެންބަރު އަހްމަދް ޝިޔާމް ވަނީ ވިދަޅުވެފައެވެ.
ރައީސް ޔާމީން އަރިހުގައި ޕީޕީއެމްގެ އިސް ސަފުގައި ކުރިން ހުންނެވި އަދި މިހާރު ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖޭޕީއަށް ގުޅިވަޑައިގެން ހުންނެވި ކުރީގެ މަޖިލިސް މެންބަރު އަޙްމަދު ނިހާން ވިދަޅުވެފައި ވަނީ ކުލިވެސް ކުޑަ ކުރެވޭނެކަމަށާއި، ކޮންޓްރޯލްވެސް ކުރެވޭނެ ކަމަށާއި އެކަމަކު އެއީ އެކަން ރައްޔިތުން ބޭނުންވާކަމަށް ވާނަމަކަމަށެވެ.




ހިޔާލު
ބޭބޭ ތިއުޅެނީ އަނެއްކާވެސް މިފަހަރުވެސް ފެއިލްވާން. ބޮޑު ތަނުން ބޭބެ ބަލިވާނެ