ވެރިރަށް މާލެ

ރައްޔިތުން އިތުރަށް ނިކަމެތި ކުރުވި ކުލި!

އެކި އެކި ދައުރުތަކުން ވެރިކަން ރައްޔިތުންގެ ވޯޓުން ބަދަލުވެދެއެވެ. އެ ރައްޔިތުންގެ އެތައް ފޮނި އުއްމީދު ތަކަކާއެކުއެވެ. ފާގަތި ދިރިއުޅުމެއް މާދަމާ ލިބޭނޭ ކަމުގެ އުއްމީދުގައެވެ. ދަރިންނަށް ރަނގަޅު މުސްތަޤުބަލެއް ހޯދައިދިނުމުގެ ބޭނުމުގައިއެވެ. ނަމަވެސް ރައްޔިތުންގެ އުންމީދެއް ފުރިހަމައެއް ނުވެއެވެ.

އާސަންދަ ބަރާބަރެވެ. ނަމަވެސް ބޭސްފަރުވާ ނުލިބިގެން ސަލާންޖަހާމީހުން ވަކި މަދެއްނޫނެވެ. މީސް މީޑިއާތަކުން ނުފެނޭހެއްޔެވެ؟ ޑިގްރީއާހަމައަށް ކިޔެވުންވެސް ހިލޭވީއެވެ. މުއްސަނދި ފައިސާވެރިންގެ ދަރިންވެސް، ނިކަމެތި ރައްޔިތުމީހާގެ ދަރިންނަށްވެސް ކިޔެވުން ހިލޭވީއެވެ. ނަމަވެސް މިފަދަ ބޮޑެތި ކަންކަން ސަރުކާރުން ރައްޔިތުންނަށް ކޮށްދޭއިރުވެސް މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ޒަރޫރީ ބޭނުންތައް ނުފުއްދެއެވެ.

ބުނަން މިއުޅެނީ ހުރިހާ ކަމެއް ސަރުކާރުން ހިލޭ ކޮށްދޭށެކޭ ނޫނެވެ. ނުވެސް ކޮށްދެވޭނެއެވެ. ނަމަވެސް ތިޔަ ބޭނުންވާގޮތަށް ހުރިހާ ރައްޔިތުން "ބެލެންސް ލައިފް" އެއްގައި ދިރިއުޅެން ބޭނުންނަމަ ގެދޮރުވެރި މުއްސަދިންނާއި ނިކަމެތި ރައްޔިތުންނަށް ލިބޭ އާމްދަނީއާއި ޚަރަދު ބެލެންސް ކުރެވެން ޖެހޭނެއެވެ. ނޫންނަމަ ބެލެންސް ފާލުންނެއްޓި ނިކަމެތިން ނިކަމެތިވާނެއެވެ.

މާޒީވެދިޔަ ވެރިކަމުގެ ދައުރުތަކުންފެށިގެން މިއަދާއި ހަމައަށް ޙައްލެއް ނާންނަ އެއް ކަމަކީ ވެރިރަށް މާލޭގެ އިމާރާތްތަކުގެ ކުއްޔެވެ. މާލޭގައި ކުއްޔަށް ދިރިއުޅެމުން އަންނަ ރައްޔިތުން ނިކަމެތި ކުރި ކުއްޔެވެ. ގިނަ ރައްޔިތުންގެ ޝަކުވާއަކީވެސް މިއެވެ. މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ އިޖްތިމާޢީ ގިނަ މައްސަލަތަކެއްގެ އަސްލަކީވެސް މާލޭގެ އިމާރާތްތަކުގެ ކުއްޔެވެ.

ދިވެހިރާއްޖޭގެ އާބާދީގެ ބޮޑުބައެއް ދިރިއުޅުމަށްޓަކައި ޖަމާވެފައިވާ ރަށަކީ މާލެއެވެ. ކަމެއްނެތި މާލެ އަންނަނީކީ ނޫނެވެ. މަޖާކޮށްލަންވެސް އަންނަނީކީ ނޫނެވެ. ދިރިއުޅެން މާލެ އަންނަނީ ރަނގަޅު ތަޢުލީމް ހޯދައި ދިނުމަށާއި، ވަޒީފާ ހޯދުމަށާއި އަދި ރަނގަޅު ސިއްޚީ ފަރުވާ ރާއްޖެއިން ލިބެން ހުންނަ ހަމައެކަނި ތަނަކީ މާލެ ކަމަށްވާތީއެވެ. ނަމަވެސް މާލޭގެ އިމާރާތްތަކުގެ ކުލީގެ އަގު ބޮޑުވުމުގެ ސަބަބުން، ލިބޭ މުސާރައިން ކުލި ދައްކާފައި، ގިނަފަހަރު އޮންނަނީ ދިރިއުޅުމުގައި ކޮންމެހެން ކުރަންޖެހޭ ކަންތައްތައް ނުކުރެވިފައެވެ.

ކުޑަކުޑަ އާއިލާއެއް ދިރިއުޅުމަށްޓަކައި ދެމަފިރިން އެއްކޮޓަރީގެ އެޕާޓްމަންޓެއް 15000 ރުފިޔާއަށް ހިފައިގެން، ފިރިމީހާ ދުވާލަކު 8 ގަޑިއިރާއި 10 ގަޑިއިރާއި ދެމެދު މަސައްކަތް ކޮށްގެން 8000 ނުވަތަ 10000 ރުފިޔާގެ މުސާރައިން ކުލި ނުދެއްކިގެން ފައިސާ ހޯދުމަށް ދެން މިޖެހެނީ ދުވަހުގެ ބާކީ ގަޑިތަކުގައި ޓެކްސީ ދުއްވާށެވެ. ނޫންނަމަ އަނބިމީހާވެސް އާމްދަނީހޯދަން ވަޒީފާ އަދާކުރާށެވެ. ނުވަތަ ކޮންމެވެސް އަމިއްލަ ވިޔަފާރިއެއް ކަންމަތީ ފިހާރައެއްގައި ކުރަނީއެވެ. މިވެރިންގެ ވިޔަފާރިން ވިއްކާ ތަކެތީގެ އަގު އަތްނުފޯރާ ހިސާބަށް ބޮޑެވެ. ވިޔަފާރިއާއި ޚިދުމަތް ތަކުގެ އަގު އަތް ނުފޯރާ ހިސާބަށް ބޮޑުކުރުމަށް މިވެރިންނަށް މަޖުބޫރުކުރާ ހަމައެކަނި އެއްޗަކީ މާލޭގެ ގެދޮރުވެރިން ނިކަމެތި ރައްޔިތުން އަތުން ނަގަމުން އަންނަ ކުއްޔެވެ. ވިޔަފާރިވެރިޔާ ނުވަތަ ޚިދުމަތްދޭ ފަރާތުން ދޭ ޚިދުމަތުގެ އަގު ބޮޑުނުކޮށް އެމީހުންނާއި އެމީހުންގެ ދަރިންގެ ޒަރޫރީ ބޭނުން ފުއްދޭކަށްނެތެވެ.

އެހެންކަމުން މިކަމުން ސަލާމަތްވެވޭނެ އެއްވެސް މަގެއް ނިކަމެތި ރައްޔިތުމީހާއަށް ފެންނާކަށް ނެތެވެ. އަދި މިމާޙައުލުގައި ދިރިއުޅެމުން މިހުރިހާ މަސައްކަތެއް ކުރަންޖެހުމުން ދަރިންނަށް ދޭންޖެހޭ ވަގުތު ނުދެވި އެޒިންމާއަށް އިޙުމާލު ވެވެނީއެވެ. އެކުދިން އުޅޭނޫޅޭގޮތް ބަލަންވީވަރަށް ނުބެލެނީއެވެ. އަނބިންނަށް ދޭންވީ ލޯތްބާއި އަޅާލުން ނުދެވި، އެކަމުގެ ޝަކުވާ ބޮޑުވަނީއެވެ. އެންމެފަހުން ވަކީވާ ހިސާބަށްވެސް ދާންޖެހެނީއެވެ. އަދި އެކަށީގެންވާ ތަރުބިއްޔަތު ނުލިބޭ ދަރިންތަކެއް މުޖުތަމަޢުއަށް ގިނަވަނީއެވެ.

ދިވެހި ސަރުކާރުން މިއަދާހަމައަށްވެސް ކުއްޔަށް ޤާނޫނެއް ނަހަދާ ނުވަތަ ކުލި ކޮންޓްރޯލް ނުކުރެވި މިއޮތީ ކީއްވެގެންތޯ؟ މާލޭގެ ގެދޮރުވެރިންނަށް ތަބާވެގެން ނިކަމެތި ރައްޔިތުން ހަނާވެދާއިރުވެސް މިކަމަށް ޙައްލެއް ގެނެވޭނެ ގޮތެއް ނެތީތޯއެވެ؟ ރައްޔިތުން މަޖްލީހުގެ ކޮންމެ މެމްބަރަކު 5000 ރައްޔިތުން މަޖްލީހުގައި ތަމްސީލުކުރާއިރު، މިކަމަމަށް ޙައްލެއް ނުގެނެސް ތިޔަ ބޮޑުމުސާރަ ނަގައިގެން ތިބުމުން، ތިޔަމެމްބަރުންނަށް އެ 5000 މީހުން ތަމްޞީލެއް ނުކުރެވެއެވެ. ޒިންމާ އަދައެއް ނުކުރެވެއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. Democracy

    MI ee boduvegenvaa museebaatheh kahala kameh rahyithun ganhingamun bolugai badijahsaigen hingamungendhaa jareemaathakuge baiverinnakee sarukaaruthakaa esarukaaruthah madhadhudhey majlees menbarun mibaimeehunge kamakee rahyithunge leybuyun

ކޮމެންޓް ކުރުން ބަންދު

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ