ނަކަލުކޮށްފައިވާ ޕާސްޕޯޓެއް ބޭނުން ކޮށްގެން ރާއްޖެ އެތެރެވާން އުޅުނު ބިދޭސީއަކު ހުއްޓުވައިފި

ނަކަލު ކޮށްފައިވާ ޕާސްޕޯޓެއް ބޭނުންކޮށްގެން ރާއްޖެ އެތެރެވާން އުޅުނު ބިދޭސީއަކު ހުއްޓުވައިފިއެވެ.

ދިވެހިރާއްޖޭ ގެ އިމިގްރޭޝަނުން މިއަދު ބުނެފައިވަނީ ނަކަލު ކޮށްފައިވާ ޕާސްޕޯޓެއް ބޭނުންކޮށްގެން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ރާއްޖެ އެތެރެވާން އުޅުނު ބިދޭސީއަކު ހުއްޓުވާފައި ވާކަމަށެވެ.

ރާއްޖެ އިމިގްރޭޝަނުން ހުއްޓުވާފައިވަނީ 31 އަހަރުގެ ބިދޭސީ ފިރިހެނެކެވެ. މިއީ ކޮންގައުމަކަށް ނިސްބަތްވާ މީހެއް ކަމެއް އިމިގްރޭޝަނުން ހާމަކޮށްފައި ނުވެއެވެ

https://twitter.com/ImmigrationMV/status/1214039134261526528?s=20

މިދިޔަ ޑިސެމްބަރު މަހުވެސް އިމިގްރޭޝަނުން ވަނީ ނަކަލުކޮށްފައިވާ ޕާސްޕޯޓެއް ބޭނުން ކޮށްގެން ރާއްޖެ އެތެރެވާން އުޅުނު ބިދޭސީއަކު ހުއްޓުވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ